ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބްރޭކިންގ ބޭޑް” ގެ އެކްޓަރު ޖިއަންކާލޯ އިސްލާމްވެއްޖެ

މަޝްހޫރު ޓީވީ ސިލްސިލާ ‘ބްރޭކިންގ ބޭޑް’ އާއި ‘ބެޓަރ ކޯލް ސޯލް’ ގައި ގަސް ފްރިންގްގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝައިޚް ހާމަކުރެއްވި ގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ އޭނާގެ އާ ފިލްމެއްގެ މަސައްކަތަށް ސައުދީ އަރަބިއްޔާގައި ހުރި ދުވަސްވަރުގައެވެ. އަލް-ޝައިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، ފިލްމު އުފައްދާ ޓީމުގެ މެންބަރުންނާއެކު މިސްކިތެއްގައި ނަމާދުކޮށްފައެވެ.

އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރަން ނިންމީ ސައުދީ އަރަބިއްޔާގައި އުޅުނު އުޅުމުގައި ކުރެވުނު ތަޖުރިބާތަކާއި، އެ ގައުމުން ފެނުނު މެހެމާންދާރީއާއި މުސްލިމުންނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އޭނާ ވަނީ ފިލްމު ކުރޫއާއެކު މިސްކިތެއްގައި ނަމާދުގެ ސަފެއްގައި ބައިވެރިވެފައެވެ.

އެސްޕޮސިޓޯ މިވަގުތު ސައުދީގައި ހުރީ ‘ސެވަން ޑޯގްސް’ ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތުގައެވެ. މިއީ ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ބޮޑެތި ފިލްމީ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

އެސްޕޮސިޓޯއަކީ ‘ދަ މެންޑަލޯރިއަން’ ފަދަ މަޝްހޫރު އުފެއްދުންތަކުންވެސް ފެނިގެން ގޮސްފައިވާ، ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެފައިވާ ހުނަރުވެރި އެކްޓަރެކެވެ. އޭނާ އިސްލާމްދީން ގަބޫލުކުރި ޚަބަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނާއި މުސްލިމުން ދަނީ އުފާ ފާޅުކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top