ކުލަބް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ “ކުލަބް މޯލްޑިވްސް ކަޕް 2026 ” ފުޓްސަލް މުބާރާތް ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ ރޭ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ އާއި އެމްޕީއެލްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި ފެނަކައެވެ.
ފުރަތަމަ ރޭ ކުޅެވުނު ފުރަތަމަ ދެ މެޗަށް ބަލާލާއިރު:
ފުރަތަމަ މެޗު
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްޕީއެލް އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ވިލްފް 1 ލަނޑު، އިބްރާހީމް ރިމާހް 1 ލަނޑު، މުޙައްމަދު ނަޒާމް 1 ލަނޑު، މުޙައްމަދު ސިރުހާން 1 ލަނޑު، ޝުއައިދު ސައީދު 1 ލަނޑެވެ. މި މެޗުގައި އެމްޕީއެލްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީޤް 1 ލަނޑު، އިބްރާހީމް ވަހީދު 2 ލަނޑު، ނަސާހް އަޙްމަދު 1 ލަނޑު، އިބްރާހީމް ޝަނޫން 1 ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޝުއައިދު ސައީދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޝުއައިދު ސައީދެވެ.
ދެވަނަ މެޗު
ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް އެމްއޭސީއެލް އާއި ފެނަކަ ރެކްރިއޭޝަން ކްލަބެވެ. މި މެޗު ވެގެން ދިޔައީ ފުރަތަމަ މެޗު ކަހަލަ ވާދަވެރި ފޯރިގަދަ މެޗަކަށެވެ. 3-4 އިން އެމްއޭސީއެލްގެ މޮޅުވި މި މެޗުގައި އެމްއޭސީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ހުސާމް 3 ލަނޑު، މުޙައްމަދު ޖިނާހު 1 ލަނޑެވެ. ފެނަކައިގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނަޝީދު 1 ލަނޑު، މުޙައްމަދު ހުސާމް 1 ލަނޑު އަދި މުހައްމަދު ވަހީދު 1 ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ހުސާމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އަޙްމަދު ހުސާމްއެވެ.
