ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމިގްރޭޝަނުން ފެން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލިއިރު، ޓީމް އެފްއެސްއެމްއަށް ވެސް ފަސޭހަ މޮޅެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ހަތްވަނަ މެޗު ފަސޭހަކަމާއިއެކު ޓީމް އެފްއެސްއެމް ކާމިޔާބުކުރިއިރު، އަށްވަނަ މެޗުގައި ކުލަބް އިމިގްރޭޝަނުން ކުލަބް ފެން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފިއެވެ. މުބާރާތުގެ ހަތަރު މެޗެއް ރޭގައިވެސް ވަނީ ކުޅެފައެވެ.

ހަތްވަނަ މެޗު

ހަތްވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ސީގައި ހިމެނޭ ޓީމް އެފްއެސްއެމް އާއި ދިވެހި ސިފައިންގެ ކުލަބެވެ. ވަރުގަދަ ސްކޮޑަކާއިއެކު މުބާރާތަށް ކުރިމަތިލީ އެފްއެސްއެމްއިން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 5-1 އިންނެވެ. މި މެޗުގައި އެފްއެސްއެމްގެ ހުޒައިފާ ބިން ހުސެއިން 2 ލަނޑު ޖެހިއިރު، އެ ޓީމުގެ އިޒާން ޝާހިދު އާއި ޚާލިދު ގަމާލް އަދި މުޙައްމަދު ޖުމާން، ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހިއެވެ. މި މެޗުގައި ދިވެހި ސިފައިންގެ ކުލަބުން ލަނޑު ޖަހާފައިވަނީ އެފްއެސްއެމްއިން ތިން ލަނޑު ޖެހި ފަހުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު މުއާދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް އެފްއެސްއެމްގެ މުޙައްމަދު ޖުމާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޖުމާން / ފޮޓޯ: ކުލަބް މޯލްޑިވްސް

އަށްވަނަ މެޗު

އަށްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް އިމިގްރޭޝަން އާއި ކުލަބް ފެނެވެ. ފަސޭހަކަމާއިއެކު އިމިގްރޭޝަން ކާމިޔާބުކުރި މި މެޗުގައި އިމިގްރޭޝަންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ހައިޝަމް ރަޝީދު 2 ލަނޑު، ބިކްރަންޓް ނަރުސިންގ ރަނާ 1 ލަނޑު، ހުސެއިން ނިޔާޒް 1 ލަނޑު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޙްމަދު އައިހަމް 5 ލަނޑެވެ. މި މެޗުގައި ކުލަބް ފެންގެ ފުރަތަމަ ލަނޑު ޝަނާއު ރަޝީދު ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ދެވަނަ ލަނޑަކީ އިމިގްރޭޝަންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އައިހަމް / ފޮޓޯ: ކުލަބް މޯލްޑިވްސް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލައިލާއިރު:

20:15 – އެމްއޭސީއެލް – ޔުނައިޓެޑް ބީއެމްއެލް
20:15 – އެސްޓީއޯ ރެކްރިއޭޝަން – ދިވެހި ސިފައިންގެ ކުލަބް
22:30 – ޓީމް ފެނަކަ – ކަސްޓަމްސް ރެކްރިއޭޝަން ކުލަބް
22:30 – އެމްޓީސީސީ – ޓީމް އެފްއެސްއެމް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top