ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަރި ޒޯންގެ ޗެމްޕިއަންކަން ކޮންރަޑް ހޯދައިފި
ފޮޓޯ: ރިޒޯޓު ލީގު ފޭސްބުކް ޕޭޖް

ރިޒޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ، އަރި ޒޯންގެ ޗެމްޕިއަންކަން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކޮންރަޑް މޯލްޑިވްސް ރަނގަލީގައި ކުޅުނު މި ޒޯންގެ ފައިނަލްގައި ވާދަކުރި ކޮންރަޑް މޯލްޑިވްސް ރަނގަލި އައިލެންޑާއި މެލިއާ ވޭލް ލެގޫން މޯލްޑިވްސްއެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ކޮންރަޑް މޯލްޑިވްސްއިން ވަނީ ލީޑު ނަގާފައެވެ. ކޮންރަޑް ލީޑު ނެގިތާ މާ ގިނައިރެއްނުވެ މެލިއާއިން ނަތީޖާ ހަމަހަމަކުރިއެވެ.

ދެވަނަ ފަހަރަށް ވެސް ލީޑް ނެގީ ކޮންރަޑް މޯލްޑިވްސްއެވެ. ފުރަތަމަ ހާފު ނިމުނީ މި ލީޑާއިއެކު 2-1 އިން ކޮންރަޑް މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން / ފޮޓޯ: ރިޒޯޓު ލީގު ފޭސްބުކް ޕޭޖް

ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ކުޅުނު މެލިއާއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ ހަމަހަމަކޮށްފައެވެ.

ތިންވަނަ ފަހަރަށް ލީޑު ނަގައި، ރިސޯޓް ލީގު އަރި ޒޯންގެ ޗެމްޕިއަންކަން 9 ވަނަ ފަހަރަށް ހޯދުމަށް ކޮންރަޑް މޯލްޑިވްސް ކުރަމުންދިޔަ އުންމީދުތަކަށް މެޗުގެ ފަހުކޮޅު މެލިއާއިން ހުރަސް އެޅިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ.

މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކޮންރަޑް މޯލްޑިވްސް ކާމިޔާބު ކުރީ 2-4 އިންނެވެ.

7-5 އިން މޮޅުވެ ކޮންރަޑް މޯލްޑިވްސް މިއަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު 9 ވަނަ ފަހަރަށް އަރި ޒޯންގެ ޗެމްޕިއަންކަން އެޓީމަށް ލިބުނީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ އަޒީމް / ފޮޓޯ: ރިޒޯޓް ލީގު ފޭސްބުކް ޕޭޖް

އަރި ޒޯންގެ ޗެމްޕިއަންކަން ކޮންރަޑް މޯލްޑިވްސް ރަނގަލި އައިލެންޑް ހޯދިއިރު، މި ޒޯންގެ ރަނަރަޕްއަކީ މެލިއާ ވޭލް ލެގޫން މޯލްޑިވްސްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކޮންރަޑް މޯލްޑިވްސްގެ ޢަބްދުﷲ އަޒީމް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ކޯޗު ޢަލީ އުމައިރެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މެލިއާ ވޭލް ލެގޫން މޯލްޑިވްސްގެ އަޙްމަދު މައިސޫންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހުސެއިން ޝިފާހް (ކޮންރަޑް)، މާއިން މޫސާ (މެލިއާ)، އަޙްމަދު ސައީދު (ކޮންރަޑް)، އަޙްމަދު މައިސޫން (މެލިއާ) އަދި އަޙްމަދު ޝާހީން (ކޮންރަޑް) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top