ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހޫގެ “މަޖުނޫން” ގެ އަސަރުގަދަ މަންޒަރެއް!

ދިވެހި ފިލްމު ބަލާ އޯޑިއަންސުން މިވަގުތު އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމް “މަޖުނޫން”ގެ އަސަރުގަދަ މަންޒަރެއް، އަސަރުން ފުރިފައިވާ ލަވައެއްގެ ލިރިކްސްގެ ތަންކޮޅަކާއެކު އާއްމުކޮށްފި އެވެ.

“މަޖުނޫން”ގެ ރަސްމީ ޕޭޖްގައި އާއްމުކޮށްފައިވާ މި މަންޒަރުން ފެންނަނީ ފިލްމުގެ ލީޑް ޝިފާ އަދި ޝާރިފް އެވެ.

🎶 ލިބުން ޚަބަރު މިހިތަށް ދިނީ ސިހުމެކޭ، ރިހުން ތާއަބަދު ނުފިލި އަނިޔާއެކޭ،
ލޮލުން ކަރުނަ ނުހިކޭ ޙަޔާތް ބަނަވިޔޭ، މިހިތް ކުދިވެ ފިސްފިސްވެދާވަރު ވިޔޭ.🎶 

އާއްމުކޮށްފައިވާ ފޮޓޯއާއެކު ހިމަނާފައިވާ ބަސްކޮޅަކީ ހިތުގެ ފުނަށް ފޫއަޅުވާލާ ފަދަ އަސަރުގަދަ ބަސްކޮޅެއްކަން ފާހަގަކުރެވެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ފިލްމު “މަޖުނޫން”ގެ ޑައިރެކްޓަރ ފާޠިމަތު ނަހުލާ ބުނީ މިލައަކީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އަދި މަރިޔަމް އަޝްފާ ކިޔާފައިވާ ލަވައެއް ކަމަށާ ލަވައިގެ ޅެން ހެދީ ތޭރަ ކަމަށެވެ.

މީގެ ދެތިން ހަތަރު ދުވަހެއް ކުރިން ފިލްމު “މަޖުނޫން”ގެ ޝޫޓިން ކުރިއަށް ގޮސްފައިވާ މިންވަރު މުނިއަވަސްއާ ހިއްސާކުރަމުން ނަހޫ ބުނީ ފިލްމުގެ 40 އިންސައްތަ ޝޫޓިން ނިންމާލެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މި ފިލްމުގެ 50 އިންސައްތައަށް ވުރެން ބޮޑު ބައިގެ ޝޫޓިން ނިމިފައިވާނެ ކަމަށް ބެލެވެއެވެ.

ފިލްމް “މަޖުނޫން” އޮލިމްޕަސް ސިނަމާގައި ދައްކަން ފަށަން ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2026 ގައެވެ.

11
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top