ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ ފަސޭހަކަމާއިއެކު މޮޅުވިއިރު، ވެމްކޯއިން އިމިގްރޭޝަން ބަލިކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ނުވަވަނަ މެޗުގައި ވެމްކޯއިން އިމިގްރޭޝަން ބަލިކުރިއިރު، އެޗްޑީސީން ފަސޭހަކަމާއިއެކު ކުލަބް ފެން ބަލިކޮށްފިއެވެ. މި މުބާރާތުގެ ދެ މެޗު މިރޭ ވަނީ ކުޅެފައެވެ. މިރޭ ކުޅެވުނު ދެ މެޗަށް ބަލައިލާއިރު:

މެޗު 9

މިރޭގެ ފުރަތަމަ މެޗަކީ މުބާރާތުގެ ނުވަވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ވެމްކޯ އާއި ކުލަބް އިމިގްރޭޝަންއެވެ. މިއީ މި ދެ ޓީމު ވެސް މުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ވެމްކޯ ބަލިވެފައިވާއިރު، އިމިގްރޭޝަން ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އިމިގްރޭޝަންއެވެ. މެޗުގެ ފުރަތަމަ މިނިޓުގައި ކުލަބް އިމިގްރޭޝަންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުން ވެމްކޯއަށް ލީޑު ލިބުނުއިރު، އޭގެ އިރުކޮޅެއް ފަހުން ފިގުއެއިރެޑޯ ކަޖާ ވެމްކޯގެ ލީޑު ފުޅާކޮށްދިނެވެ.

ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރި ވެމްކޯއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން 3 ވަނަ ލަނޑު ވެސް ޖެހިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް މައިޝާންއެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭނުން ނުކުރެވިދިޔަ އިމިގްރޭޝަނުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، ކައިސަން ބިން ހިޝާންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިކްރަންޓް ނަރުސިންގް ޖަހައިދިން ލަނޑުން އިމިގްރޭޝަނުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ދެވަނަ ހާފުގައި މުޙައްމަދު ފާސިރު އާއި އަޙްމަދު ވިޖްދާން އަދި ފިގުއެއިރެޑޯ ކަޖާ ޖެހި ދެވަނަ ލަނޑުން ވެމްކޯ ލީޑު ފުޅާކުރިއެވެ. 6-2 އިން ވެމްކޯ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯއަށް ދެ ލަނޑު ޖަހައިދިން ފިގުއެއިރެޑޯ ކަޖާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ފިގުއެއިރެޑޯ ކަޖާ / ފޮޓޯ: ކުލަބް މޯލްޑިވްސް

މެޗު 10

ދިހަވަނަ މެޗުގައި ބައްދަލުކުރީ ކުލަބް އެޗްޑީސީ އާއި ކުލަބް ފެނެވެ. މި މެޗަކީ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެފައިވާ ފެންގެ ދެވަނަ މެޗު ނަމަވެސް، އެޗްޑީސީގެ ފުރަތަމަ މެޗެވެ. ފަސޭހަކަމާއިއެކު އެޗްޑީސީން ކާމިޔާބުކުރި މި މެޗު، ފެށުނީއްސުރެ ނިމެންދެން ކޮންޓްރޯލްކުރީ އެޗްޑީސީއެވެ. މަޝްހޫރު ގިނަ ތަރިންތަކަކާއިއެކު މުބާރާތުގައި ވާދަކުރާ އެޗްޑީސީން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިއެވެ.

ދެވަނަ ހާފުގައި އެޗްޑީސީގެ ފަރާތުން ފެނުނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެކެވެ. 14-0 އިން އެޗްޑީސީ މޮޅުވި މި މެޗުގައި އެ ޓީމްގެ ލަނޑުތައް ޖަހައިދިނީ، ޢަބްދުﷲ ސުޒައިރު 1 ލަނޑު، ޙުސައިން ސުހައިލް 2 ލަނޑު، މުޙައްމަދު ސާދު ނިޒާރު 4 ލަނޑު، ޢަބްދުﷲ ޝާފިއު 2 ލަނޑު، އެރްޒަން ބަކްޓީބެކޯވް 1 ލަނޑު، ޢަލީ ސާމިސް 1 ލަނޑު، ނާއިޒް ޙަސަން 2 ލަނޑު، ޢަލީ އަލްސަން 1 ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް އެޗްޑީސީއަށް 4 ލަނޑު ޖަހައިދިން މުޙައްމަދު ސާދު ނިޒާރެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސާދު ނިޒާރު / ފޮޓޯ: ކުލަބް މޯލްޑިވްސް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ބައްދަލުކުރާނީ:

20:15 – އާރުއާރުސީ އާއި ކުލަބް ފެން
20:15 – އެމްޕީއެލް އާއި ކުލަބް ޓީޓީއެސް
22:30 – ސްޓެލްކޯ އާއި ޕޮލިސް ކުލަބް
22:30 – އެޗްޑީސީ އާއި އިމިގްރޭޝަން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top