ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިވަރީ ކޯސްޓް މުޅިން އަލަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ފީފާ ވޯޑްގެ ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ހޯދި ދެވަނަ މޮޅާއިއެކު، ވޯލްޑް ކަޕް މުބާރާތެއްގެ ދެވަނަ ބުރުން މުޅިން ައަލަށް އައިވަރީ ކޯސްޓް ޖާގަ ހޯދައިފިއެވެ.

ޖަރުމަނާއި އައިވަރީ ކޯސްޓް އަދި އިކުއެޑޯ އާއި ކިއުރަސާއޯ ހިމެނޭ ގުރޫޕް އީގެ ފަހު ދެ މެޗުގައި ބައްދަލުކުރީ ޖަރުމަނާއި އިކުއެޑޯ އަދި ކިއުރަސާއޯ އާއި އައިވަރީ ކޯސްޓެވެ.

މި މެޗާއި ހަމައަށް ދިޔައިރު، މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. ފުރަތަމަ މެޗުން ޖަރުމަނާއި ބައްދަލުކޮށް ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ކިއުރަސާއޯއިން ވަނީ އިކުއެޑޯއާ އެއްވަރުކޮށްފައެވެ. އައިވަރީ ކޯސްޓް ކުޅުނު ފުރަތަމަ މެޗުން އިކުއެޑޯއާ ވާދަކޮށް މޮޅުވި ނަމަވެސް ދެވަނަ މެޗުން ޖަރުމަނާއި ބައްދަލުކޮށް ވީ ބައްޔެވެ.

މޮޅެއް ހޯދަން މަޖުބޫރުވެފައިވާ މި މެޗުގައި އައިވަރީ ކޯސްޓުން މޮޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ހަތްވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލަސް ޕެފޭއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ، ކިއުރަސާއޯއިން ވަނީ އެ ޓީމުގެ ޑިފެންސަށް ވެސް ބޮޑު އިސްކަމެއް ދީގެން ކުޅެފައެވެ. އައިވަރީ ކޯސްޓުން އިތުރު ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގައި ކިއުރަސާއޯއަށް ކާމިޔާބު ހޯދުނު ނަމަވެސް، ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އައިވަރީ ކޯސްޓެވެ. އެ ޓީމުން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ 64 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ޖަހައިދިން ނިކޮލަސް ޕެފޭއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ދެވަނަ ޓީމުގެ ގޮތުގައި އައިވަރީ ކޯސްޓް ދެވަނަ ބުރަށް ދަތުރުކުރިއިރު މި ގުރޫޕްގެ އެއްވަނަ ހޯދި ޖަރުމަނަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ޓީމަށް ތާވަލްގެ ކުރި ލިބުނީ ފައިދާ ގޯލް ގިނަވުމުންނެވެ. ހަތަރު ޕޮއިންޓާއެކު މި ގުރޫޕުން ތިންވަނަ ހޯދި އިކުއެޑޯއަށް ވެސް ވަނީ ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top