ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑެމްބެލޭގެ ހެޓްރިކާއެކު ނޯވޭ ބަލިކޮށް، ފްރާންސް ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި އުސްމާން ޑެމްބެލޭ ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު، 1-4 ގެ ނަތީޖާއަކުން ނޯވޭ ބަލިކޮށް ފްރާންސުން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.

ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނޯވޭއިން ނުކުތީ އެމީހުންގެ ބެންޗް ޓީމު އަރުވައިގެންނެވެ. މެޗު ފެށުނީ ފްރާންސްގެ ވަރުގަދަ ހަމަލާތަކަކުންނެވެ. އެގޮތުން މެޗު ފެށިގެން އެންމެ 22 ސިކުންތުގެ ތެރޭގައި ކީލިއަން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވާއިރު، މައިކަލް އޮލީސޭ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ނޯވޭގެ ކީޕަރު ސެލްވިކް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 7 ވަނަ މިނެޓުގައި ކަނާތް ފަރާތުން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ނޯވޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ފްރާންސަށް ލީޑު ނަގައިދިނީ ޑެމްބެލޭއެވެ. އޭގެ ފަހުން 20 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެމްބެލޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް 21 ވަނަ މިނެޓުގައި ނޯވޭގެ ތެލޯ އަސްގާޑް ޖަހައިދިން ގޯލާއެކު ނޯވޭއިން މެޗުގެ ފަރަގު ކުޑަކުރިއެވެ. ޑެމްބެލޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައި ޗުއަމެނީ ދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފު ފެށިގެން ނޯވޭއިން ކުޅުން ރަނގަޅުކުރިއެވެ. ދެވަނަ ހާފު ފެށުނުތާ މާގިނައިރެއް ނުވެ ނޯވޭއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އިތުރަށް ކައިރިކުރަން ލިބުނު ފުރުސަތު ސްޓްރޭންޑް ލާސަން އަތުން ބޭކާރުވީ، ފްރާންސްގެ ކީޕަރު މައިކް މައިނާން އެ ބޯޅަ ހުޝިޔާރުކަމާއެކު ދިފާއުކުރުމުންނެވެ. ފްރާންސްގެ ފަހު ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޮލާ ނަގައިދިން ހުރަހަކުން ފުރުސަތަކުން ޑެސިރޭ ޑޫއޭއެވެ..

މި މޮޅާއެކު ފްރާންސް ގުރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކުގައެވެ. ނޯވޭއަށް ގުރޫޕުގެ ދެވަނަ ލިބުނުއިރު، މި ދެ ޓީމު ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި ގުރޫޕުގައި ހިމެނޭ ސެނެގާލް 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، އިރާގު މުބާރާތުން ވަކިވާން ޖެހުނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮވެގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top