ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އާވާރާޕަން 2 ” ގެ ޓީޒާ ރިލީޒްކުރަން ތައްޔާރުވެއްޖެ
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “އާވާރާޕަން” ގެ ސީކުއަލް “އާވާރާޕަން 2” ޓީޒާ ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ ޓީޒާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2026 ގައެވެ. މި ތާރީޚަކީ “އާވާރާޕަން” ގެ ފުރަތަމަ ބައި ރިލީޒްކުރިތާ 19 އަހަރު ފުރޭ ދުވަހެވެ. މި ތާރީޚު އިޚްތިޔާރުކޮށްފައިވަނީ ފުރަތަމަ ފިލްމުގެ ހަނދާންތައް އާކޮށް، އެ ފިލްމަށް ދޭ އިހުތިރާމެއްގެ ގޮތުންނެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، ޕްރޮޑިއުސަރު ވިޝޭޝް ބަޓް ވަރަށް އަވަހަށް ޑިޖިޓަލްކޮށް ފިލްމުގެ ލޯގޯ ދައްކާލާނެއެވެ. މި ލޯގޯއާއެކު ޓީޒާ ނެރޭނެ ތާރީޚު ރަސްމީކޮށް އިޢުލާން ކުރެވޭނެއެވެ.

ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ އެންމެ ބޮޑު އެއް ބާރަކީ އޭގެ މިއުޒިކެވެ. އެގޮތުން 2007 ވަނަ އަހަރު ނެރުނު ފުރަތަމަ ބައިގެ މަޝްހޫރު ލަވަތައް ކަމަށްވާ “ތޯ ފިރު އާއޯ” އަދި “ތޭރާ މޭރާ ރިޝްތާ” ގެ އާ ވާރޝަންތަކެއް މި ފިލްމުގައި ހިމެނޭނެއެވެ. މީގެ އިތުރުން މުޅިން އާ ހިތްގައިމު ލަވަތަކެއްވެސް މި އަލްބަމުގައި ހިމެނޭނެއެވެ.

ނިތިން ކައްކަރް ޑައިރެކްޓްކުރާ މި ފިލްމުގެ މުހިންމު ރޯލުތަކުން އިމްރާން ހާޝްމީގެ އިތުރުން ފެނިގެންދާނީ ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީއެވެ. ވިޝޭޝް ފިލްމްސްއިން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ 14 އޯގަސްޓް 2026 ގައެވެ.

“އާވާރާޕަން 2” އަކީ ގިނަ ދުވަސްތަކެއް ވަންދެން ފޭނުން އިންތިޒާރު ކުރަމުން އައި ފިލްމަކަށްވާއިރު، މި ފިލްމު ވެގެންދާނީ ބޮޑު ފޯރިއަކާއެކު ސިނަމާތަކަށް އަންނާނެ ފިލްމަކަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top