ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ “ގިލަން” މިރޭ!

ރާއްޖޭގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަޖްމޭ) ގެ 50 ވަނަ ފީޗާ ފިލްމު ‘ގިލަން’ ގެ މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މަޝްހުރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ލިޔެފައިވާ “ގިލަން” ވާހަކައަށް ހަދާފައިވާ މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި މި ރެއިން ފެށިގެން އަންނަ މަހުގެ 14 ވަނަދުވަހު ރެއާ ހައަމަށް ކުރިއަށްދާނެއެވެ.

“ގިލަން” އަކީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ. މުޙައްމަދު ޤާސިމް ބުނެފައިވަނީ ވާހަކައިގައި ބިރުވެރި ކަންތައްތަކެއް ނުދެއްކިޔަސް، ރޫހާނީ ކަންތައްތަކެއް އަސަރު ފެންނާނެ ކަމަށާ ވާހަކަ ނިމޭ ހިސާބުން އެއީ ކޮން ކަމެއްކަން އެނގިގެންދާނެ ކަމަށެވެ.

‘ގިލަން’ ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފާތުމަތު އާޒިފާ (އަޒޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ.

ފިލްމުގެ ޕްރިމިއާ ހަފުލާ މިރޭ “ޔޭސް ޓީވީ” އަދި “އެސްއެސް ޓީވީ”ން ވަގުތުން ދައްކާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top