ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިލްޓަންގެ އައު ކެމްޕޭނުން ދީޕިކާ ޕަޑުކޯން ފެނިގެންދަނީ

ހިލްޓަންގެ ބްރޭންޑް އެމްބެސެޑަރު ދީޕިކާ ޕަޑުކޯންއާއެކު ކުރިއަށްގެންދާ “އިޓް މެޓާސް ވެއަރ ޔޫ ސްޓޭ” ކެމްޕޭނުގެ އައު ފޭސްއެއް، ސޯޝަލް މީޑިއާ، ޑިޖިޓަލް އަދި ބޭރުގެ އިޝްތިހާރު ޕްލެޓްފޯމްތަކުގައި ބައިނަލްއަޤުވާމީ ފެންވަރުގައި މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

މިއީ 2025 ވަނަ އަހަރު ފެށި މި ކެމްޕޭނަށް ލިބުނު ބޮޑު ތަރުޙީބާ ގުޅިގެން ކުރިއަށްގެންދާ މަރުޙަލާއެކެވެ. ހިލްޓަނުން ހާމަކޮށްފައިވާ ގޮތުގައި މި ކެމްޕޭނުގެ ކުރީގެ ބައިތަކަށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި 11 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. “ކޮންރަޑް ބެންގަލޫރު” ގައި މަންޒަރުތައް ނަގާފައިވާ މި އައު އުފެއްދުން، މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ދައްކަމުންދާނެއެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ނާޑިއާ މާކުއާޑް އޮޓްޒެން އާއި ކޮރިއޮގްރަފަރު ޝޭ ލަޓުކޯލަންއާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ކެމްޕޭނުގެ މައިގަނޑު ފަލްސަފާއަކީ، މީހުން ދަތުރުފަތުރު ކުރާއިރު އެމީހުންގެ އާންމު ދިރިއުޅުމުގެ އާދަކާދަތަކާއި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތަކާ ދުރަށްދާ ދިއުމެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ދީޕިކާ ޕަޑުކޯން ބުނީ

“މި ކެމްޕޭނުން އަހަންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ހިލްޓަނުން ލިބޭ ޚިދުމަތްތަކުގެ އަސްލު ތަޖުރިބާއާ މި ކެމްޕޭން ވަރަށް ބޮޑަށް ގުޅިފައިވާކަން. ހަޤީޤީ ހިތްހަމަޖެހުމާއި އަޅާލުން ލިބުމުން، އިތުރު ފިކުރުތަކާ ދުރުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެގެންދޭ. އެ މިނިވަންކަމުގެ ސަބަބުން މި މަސައްކަތުގައި ވަރަށް އުފާވެރި މާޙައުލެއް އުފެދުނު.”

މިއުޒިކީ ހަރަކާތްތަކަށް ބޮޑު އިސްކަމެއް ދީފައިވާ މި ކެމްޕޭން ފިލްމުގައި ބޭނުންކޮށްފައިވަނީ މިއުޒިކް ޕްރޮޑިއުސަރު އަދި ކޮމްޕޯޒަރު މައިކީ މެކްލިއަރީގެ އަމިއްލަ ރާގުތަކެކެވެ. މީގައި އިލެކްޓްރޯނިކް މިއުޒިކާއި ޒަމާނީ އަޑުތައް ވަނީ އެކުލަވާލާފައެވެ.

ހިލްޓަންގެ ޗީފް މާކެޓިންގ އޮފިސަރު އަދި ހެޑް އޮފް ލަގްޒަރީ ބްރޭންޑްސް، މާކް ވައިންސްޓީން ވިދާޅުވި ގޮތުގައި،

“މީހުން އާންމުކޮށް ދަތުރުފަތުރާމެދު ވިސްނަނީ ހަމައެކަނި ދާން އޮންނަ މަންޒިލަކަށް ބަލައިގެން. ނަމަވެސް އަހަރެމެން ޤަބޫލުކުރާ ގޮތުގައި ދަތުރެއް ފުރިހަމަވަނީ އެ ދަތުރުގައި ލިބޭ މެހުމާންދާރީއާއި މަޑުކޮށްލާ ތަނެއްގެ ސަބަބުން.”

އޭނާ އިތުރަށް ވިދާޅުވީ، ދަތުރުވެރިން އެމީހުންގެ އާންމު ކަންކަމާ ދުރުގައި ތިބޭއިރު، ހިލްޓަންގެ މުވައްޒަފުން ކަންކަން ފަހިކޮށްދިނުމުން، އެމީހުން ދަތުރުކުރި އަސްލު ބޭނުމަށް ފުރިހަމައަށް ސަމާލުކަން ދެވޭނެ ކަމަށެވެ. އަދި ދީޕިކާ މި ކެމްޕޭނުގައި އެ އިޙުސާސްތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިލްޓަނުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާގައި އެ ކުންފުނީގެ 400 ހޮޓާ ހުޅުވައި ޚިދުމަތް ދިނުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top