ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެޓްފްލިކްސްގެ “އޮޕަރޭޝަން ސަފޭދު ސާގަރް” ގެ ފުރަތަމަ ޓީޒާ އާންމުކޮށްފި
ފޮޓޯ: ގޫގަލް

1999 ވަނަ އަހަރުގެ ކާރްގިލް ހަނގުރާމައިގެ ދުވަސްވަރު އިންޑިއާގެ ވައިގެ ސިފައިން ހިންގި އެންމެ ގޮންޖެހުން ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “އޮޕަރޭޝަން ސަފޭދު ސާގަރް” ގެ ފުރަތަމަ ޓީޒާ ނެޓްފްލިކްސް އިން އާންމުކޮށްފިއެވެ.

މި ސީރީޒްގެ ޓީޒާއިން ފެނިގެންދަނީ ދުނިޔޭގެ އެންމެ އުސް ސަރަހައްދުގައި ހިންގި މި ވައިގެ ހަނގުރާމައިގައި، އިންޑިއާގެ ޒުވާން ޕައިލެޓުން ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއް ދޭ މަންޒަރެވެ. މި ސީރީޒްގައި މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖިމީ ޝޭރްގިލް، ސިދާތު، މިހީރު އަހޫޖާ އަދި އަބޭ ވަރުމާއެވެ.

މި ސީރީޒަކީ ކާރްގިލް ހަނގުރާމައިގައި ފާހަގަކޮށްލެވުނު “ގޯލްޑަން އެރޯސް” ސްކޮޑްރަންގެ ކާމިޔާބީތަކާއި، މިހާތަނަށް އާންމުންނަށް ނޭނގި އޮތް ބައެއް ހަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މަސައްކަތެކެވެ. ޓީޒާގައި ފެންނަ ގޮތުން، ޖިމީ ޝޭރްގިލް އާއި ސިދާތު ފެނިގެންދަނީ މިހީރު އަހޫޖާ އާއި އަބޭ ވަރުމާ ފަދަ ޒުވާން ޕައިލެޓުންނަށް އިރުޝާދުދީ، ހަނގުރާމައަށް ތައްޔާރުކުރުވާ އިސް އޮފިސަރުންގެ ގޮތުގައެވެ.

އޯނީ ސެން ޑައިރެކްޓްކޮށް، އަބީޖީތު ސިންގް ޕަރްމާރް އާއި ކުޝާލް ސްރިވަސްތަވާ އުފައްދާފައިވާ މި ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ ވަރަށް އުނދަގޫ ހާލަތްތަކުގައެވެ. ސީރީޒްގެ ޕްރޮޑިއުސަރުން ހާމަކުރި ގޮތުގައި، ބައެއް މަންޒަރުތައް ކަނޑުގެ ސަތަހަށްވުރެ 16،000 ފޫޓު މަތީގައި ޝޫޓްކޮށްފައިވަނީ ހަނގުރާމައިގެ ހަޤީޤީ އިޙުސާސް ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

މި ސީރީޒްގެ ޓީޒާ އާންމުވުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ވަރަށް އަސަރުގަދަ އަދި ވަރުގަދަ ސީރީޒަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

“އޮޕަރޭޝަން ސަފޭދު ސާގަރް” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށެވެ. މި ސީރީޒްގައި ދިޔާ މިރްޒާ، ޕްރަޖަކްތާ ކޯލީ، އަދި އާދިލް ހުސައިން ފަދަ ހުނަރުވެރި އެކްޓަރުންވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top