ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރީތީގެ ރާނީ ބާރަށު ރަމްލާ ނިޔާވެއްޖެ

މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދައުރުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ރީތީގެ މުބާރާތުގެ ރީތީގެ ރާނީ, ހއ. ބާރަށު ރަމްލާ އަހުމަދު ނިޔާވެއްޖެއެވެ.

ރަމްލާ ނިޔާވީ އައިޖީއެމްއެޗުގައި މުސްކުޅި ބަލީގައި ފަރުވާ ހޯދަމުން ގެންދަނިކޮށް މިއަދު ހެނދުނު އެވެ.

ރަމްލާއަކީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި މުޅި ރާއްޖެއިން ހޮވާލެވުނު އެންމެ ރީތި އަންހެން ކުދިން ބައިވެރިކޮށްގެން 1953 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރީތީގެ ރާނީގެ މުބާރާތުން އެއްވަނަ އަށް ހޮވުނު ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީއެވެ.

އެ މުބާރާތަކީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ބޭއްވި ޖުމުހޫރީ ކާނިވަލުގެ ހަރަކާތަކާއި ގުޅުވައިގެން ބޭއްވި ފުރަތަމަ ރީތީގެ މުބާރާތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top