⏱️ ތައްޔާރުކޮށްލުމަށް: 15 މިނެޓު
⏱️ ކައްކަން: 1 ގަޑިއިރާއި 40 މިނެޓު
⏱️ ފިނިކުރަން (އައިސްއަލަމާރީގައި): 8 ގަޑިއިރު
⏱️ ހިހޫކުރަން: 20 މިނެޓު
⏱️ ޖުމްލަ ވަގުތު: 10 ގަޑިއިރާއި 15 މިނެޓު
🍲 ތައްޔާރުކުރެވޭނީ: 12 މީހުންނަށް
ބޭނުންވާ ތަކެތި:
🍳 1 ޖޯޑު ހުދު ހަކުރު
🍳 ¼ ޖޯޑު ފެން
🍳 1 ދަޅު ގެރިކިރު (14 އައުންސް)
🍳 1 ދަޅު އިވެޕޮރޭޓަޑް މިލްކް (ކިރުދަޅު – 12 އައުންސް)
🍳 1 ½ ޖޯޑު ހެވީ ކްރީމް
🍳 1 ސައިސަމުސާ ވެނީލާ އެސެންސް
🍳 5 ބޮޑު ކުކުޅު ބިސް
🍳 3 ބޮޑު ބިހުގެ ދޮން (ރީނދޫބައި)
🍳 ކުޑަ ކާފޫރުތޮޅި ކޮޅެއް (މުގުރާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އަވަން ހޫނުކުރުން: އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ.
2 – ކެރަމަލް ތައްޔާރުކުރުން: ތަވައެއްގެ ތެރެއަށް ހަކުރާއި ފެން އެޅުމަށްފަހު މެދު ގިނީގައި ބަހައްޓައިގެން ހަކުރު ގިރުވާށެވެ. ހަކުރުތައް ރަން މުށިކުލައަކަށް ބަދަލުވަންދެން ދޭފަތުން ހަލުވަމުން ގެންދާށެވެ. ކެރަމަލް ތައްޔާރުވުމުން، ވަގުތުން 9 އިންޗީގެ ވަށް ފިހާ ތަބަކަކަށް އޮއްސާލުމަށްފަހު، ތަބަކުގެ ފުލުގައި އެއްވަރަކަށް ފަތުރާލާށެވެ. އަދި ހަރުވަންދެން ބަހައްޓާށެވެ.
3 – ފްލޭން ތައްޔާރުކުރުން: މިކްސްޗަރަކަށް ގެރިކިރު، އިވެޕޮރޭޓަޑް މިލްކް، ހެވީ ކްރީމް، ވެނީލާ އެސެންސް، ބިސް، ބިހުގެ ދޮން އަދި ކާފޫރުތޮޅި އެޅުމަށްފަހު ރަނގަޅަށް ގިރުވާލާށެވެ. އޭގެ ފަހުން، ފޮނުތައް ފިލުވުމަށްޓަކައި ފުރޭންޏަކުން ފުރޭނުމަށްފަހު، ކުރިން ތައްޔާރުކުރި ކެރަމަލްގެ މައްޗަށް އޮއްސާލާށެވެ. އަދި ފޮއިލް ބޭނުންކޮށްގެން ތަބަކުގެ މަތި ރަނގަޅަށް ބަންދުކުރާށެވެ.
4 – ފްލޭން އެޅި ތަބަކަށްވުރެ ބޮޑު ތަބަކެއްގެ ތެރެއަށް އެ ތަބައް ލުމަށްފަހު، ބޮޑު ތަބަކުގެ ދެބައިކުޅަ އެއްބަޔަށް ހޫނުފެން އަޅާށެވެ (ވޯޓަރ ބާތު).
5 – ކުރިން ހޫނުކުރި އަވަނުގައި 1 ގަޑިއިރާއި 30 މިނެޓު ނުވަތަ 1 ގަޑިއިރާއި 40 މިނެޓު ވަންދެން ފިހާށެވެ. ފްލޭންގެ މެދުތެރެ ކުޑަކޮށް ހެލޭވަރު ވާންވާނެއެވެ. ނަމަވެސް ފެންގޮތަށް ހުރެގެން ނުވާނެއެވެ.
6 – އަވަނުން ނެގުމަށްފަހު ފެން ތަބަކުން ވަކިކޮށް، މަތި ނަގައި، އާދައިގެ ފިނިހޫނުމިނަށް ދަންދެން ބަހައްޓާށެވެ. އެއަށްފަހު ޕްލާސްޓިކް ރެޕުން ނިވާކޮށް، އެއްކޮށް ހަރުވަންދެން ރޭގަނޑު އެއްކޮށް އައިސްއަލަމާރީގައި ބަހައްޓާށެވެ.
7 – ކާން ތައްޔާރުވުމުން، ތަބަކުގެ މަތީގައި ބޮޑު ތަށްޓެއް ބޭއްވުމަށްފަހު ފްލޭން ތަށީގެ ތެރެއަށް ފުށުން ޖަހާލާށެވެ. އަދި ކެރަމަލްތައް މައްޗަށް އަންނާނެހެން ފޮތިކޮށްލައިގެން ސާވްކުރާށެވެ.
