ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

ދިވެހިރާއްޖޭގައި ހިމަބިހި (މީސްލްސް) ފެތުރެމުންދާ މިދަނޑިވަޅުގައި، އެ ބަލި ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޯމަ ދުވަހު ނިޔާވީ ގދ. ފިޔޯރީއަށް އުފަން އުމުރުން 24 އަހަރުގެ އިބްރާހިމް ދިޔާޝް ރަޝީދެވެ.

ރާއްޖޭގައި މި ބަލި ފެތުރެމުންދާ މިންވަރާއި އޭގެ ސީރިއަސްކަން ހެލްތް މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަށީގެންވާ ގޮތެއްގައި ހާމަކުރަމުން ނުދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން، 8 ޖުލައި 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބައްޔަށް ޓެސްޓުކުރާ ކިޓުތައް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ހެލްތް މިނިސްޓަރު ހެލްތް މިނިސްޓަރު ގީލާ އަލީ ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 121 މީހަކަށް މި ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން، އޭޝިއާ ސަރަހައްދުގައި މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ކުޑަކުދިންގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ ކުރީކޮޅުން ފެށިގެން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާ ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޖޫން މަހުގެ ތެރޭގައި އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމުގެ ހާއްސަ ކެމްޕޭނެއް ފަށާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top