ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކެރެޓް އޯޓް މަފިން – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މިއީ ސިއްޙަތަށް ފައިދާހުރި، މީރު މަފިންއެކެވެ. އުފާވެރި ކެއުމަކަށް އެދެމެވެ.

⏱️ ތައްޔާރުކުރުމަށް: 10 މިނެޓް
⏱️ ފިހަން: 18 އާއި 22 މިނެޓާ ދެމެދު
🍲 އަދަދު: 10 ނުވަތަ 12 މަފިން

ބޭނުންވާ ތަކެތި:

🍳 2 ތަށި ރޯލްޑް އޯޓްސް
🍳 2 ބިސް
🍳 1 ތަށި ކެރެޓް (ގާނާފައި)
🍳 ½ ތަށި ގްރީކް ޔޯގަޓް
🍳 1 ސައިސަމުސާ ބޭކިންގް ޕައުޑަރު
🍳 2 ސައިސަމުސާ ވޯލްނަޓް (ކޮށާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ އަވަން 350 ޑިގްރީ ފަރަންހައިޓް (175 ޑިގްރީ ސެލްސިއަސް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި މަފިން ޓްރޭގައި ކަރުދާސް ލައިނަރު އަތުރާލާ ނުވަތަ ކުޑަ ތެޔޮކޮޅެއް އުނގުޅާފައި ބަހައްޓާށެވެ.

2 – ބޮޑު ތަށްޓެއްގެ ތެރޭގައި އޯޓްސް، ބިސް، ގާނާފައި ހުރި ކެރެޓް، ޔޯގަޓް އަދި ބޭކިންގް ޕައުޑަރު އެއްކޮށްލާށެވެ.

3 – ހުރިހާ ބާވަތްތަކެއް ރަނގަޅަށް މަސްހުނިވަންދެން ގިރާލާށެވެ.

4 – އޭގެ ތެރެއަށް ކޮށާފައި ހުރި ވޯލްނަޓްކޮޅު އަޅާލުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

5 – ތައްޔާރުކުރި މި މިކްސްޗަރު، މަފިން ފިހާ ޓްރޭއަށް އެއްވަރަކަށް އަޅާލާށެވެ.

6 – 18 މިނެޓާއި 22 މިނެޓާ ދެމެދުގެ ވަގުތަކަށް އަވަނަށްލައި ފިހެލާށެވެ. މަފިން ރަނގަޅަށް ފިހެވުނުތޯ ބެލުމަށް، ދަތްކޮށްޓާ އިލޮށިކޮޅަކުން މަފިންގެ މެދަށް ހަރާލުމަށްފަހު ނަގާއިރު، އޭގައި އެއްވެސް އެއްޗެއް ނުހޭކި ހުރިނަމަ އެހުރީ ރަނގަޅަށް ފިހެވިފައެވެ.

7 – އަވަނުން ނެގުމަށްފަހު، ކުޑަކޮށް ހިހޫވުމުން ބޭނުންކުރަން ފައްޓާށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top