ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލިޔެވިފައިވާ ތަޤުދީރު – އެޕިލޮގު
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ވާހަކައިގެ ޕްރިވިއު:

ލިޔެވިފައިވާ ތަޤުދީރު

ޚުލާސާ: މިއީ ދެ ހިތެއްގެ މެދުގައި ހިނގާ ވަރުގަދަ ކުރިމަތިލުމެއްގެ ވާހަކައެވެ. އެކަކީ އަމިއްލަ އިއްޒަތާއި އަބުރަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ތައްޔާރަށް ހުރި، ހިތްވަރުގަދަ ޤާނޫނީ މުޝީރެކެވެ. އަނެކަކީ ކާމިޔާބީގެ އުސްމިންތަކުގައި ހުރެމެ، ހިމޭންކަމުގެ ފަރުދާގެ ފުރަގަހުގައި ސިއްރުތަކެއް ފޮރުވައިގެން އުޅޭ ބަސްމަދު ޒުވާން ވިޔަފާވެރިއެކެވެ. އަމިއްލައަށް ލިބިފައިވާ ފަޚުރެއްގެ ފާރުތައް އުސްވަމުންދާއިރު، ތަޤުދީރު އެމީހުން ގުޅުވައިދޭނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟

މައިގަނޑު ކެރެކްޓަރުން

އާއިޝަތު ޔާނިޔާ (24 އަހަރު): ޔާނިޔާއަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، މިނިވަން ޚިޔާލުގެ ހީވާގި ޒުވާނެކެވެ. ޤާނޫނީ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރާ ޔާނިޔާއަކީ އަބަދުވެސް ބުރުގާ އަޅައިގެން ނަލަހެދިގެން ހުންނަ، އިސްލާމީ ރީތި އަދަބުތަކަށް ލޯބިކުރާ ކުއްޖެކެވެ. ލޯތްބަށްވުރެ ބޮޑަށް އިޙުތިރާމަށް އިސްކަންދޭ ޔާނިޔާއަކީ، މީގެ ކުރިން ކުރެވުނު ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން ބޮޑާ ފިރިހެނުންދެކެ ފޫހިވާ މީހެކެވެ. އޭނާގެ ހަޔާތުގައި އެންމެ މުހިންމު ސިފައަކީ ދީނަށް ލޯބިކުރުމާއި އާއިލާއަށް ވަފާތެރިވުމެވެ.

އަޙްމަދު ޒަޔާން (28 އަހަރު): ޒަޔާނަކީ ރާއްޖޭގެ ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ، ކާމިޔާބު ޒުވާން ވިޔަފާވެރިއެކެވެ. އޭނާއަކީ ބަސްމަދު، ބުއްދިވެރި، އަދި އެންމެންގެ އިޙުތިރާމް ލިބިފައިވާ މީހެކެވެ. ޒަޔާންގެ ހިމޭންކަމުގެ ސަބަބުން ގިނަ ބަޔަކަށް އޭނާއަކީ ބޮޑާ މީހެއްގެ ގޮތުގައި ހީވި ނަމަވެސް، އޭނާއަކީ ސިއްރިއްޔާތުގައި އެތައް ބަޔަކަށް އެހީތެރިވާ ދީލަތި މީހެކެވެ. އޭނާ ބޭނުންވަނީ ދީނަށް ލޯބިކުރާ، އާއިލީ ގުޅުންތަކަށް ޤަދަރުކުރާ އަނތްބެކެވެ.

ވާހަކައިގެ ތެރެއިން ކުޑަ މިންވަރެއް:

“ޒަޔާން ސާރ، އަޅުގަނޑަށް ހީވަނީ އިޙުތިރާމަކީ ހަމައެކަނި މުއްސަނދިންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ދެކެނީހެން.” ޔާނިޔާގެ އަޑުގައި ހުރީ ސާބިތުކަމެވެ. ޒަޔާން އެއްވެސް އެއްޗެއް ނުބުނެ އޭނާގެ ގަލަމާ ކުޅެލަ ކުޅެލާ އިނީއެވެ. އެ ހިމޭންކަމަކީ ޔާނިޔާ އެންމެ ފޫހިވާ ބޮޑާކަމުގެ ނިޝާނެވެ. ނަމަވެސް، އެ ފިނި ބަލައިލުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ހަޤީޤަތް އެނގޭ ދުވަހު، ޔާނިޔާގެ ނިންމުންތައް ބަދަލުވާނެ ހެއްޔެވެ؟ ނުވަތަ ކިބުރުވެރިކަން ތަޤުދީރަށްވުރެ ކުރި ހޯދާނެ ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top