ދީނީ ސުވާލެއް އޮތީތަ؟
ޞިއްޙަތު
ގޭގައި އިނގުރު ޝޮޓްސް ތައްޔާރުކުރާނެ ގޮތް

މި އިނގުރު ޝޮޓަކީ ގަދަ ރަހައެއް އެކުލެވޭ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އަދި ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ ބުއިމެކެވެ. މީގެ އިތުރުން، މިއީ ބްލެންޑަރެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ، ބޭރުން ގަންނަން ލިބޭ ފުޅިތަކަށްވުރެ އަގުހެޔޮ ބުއިމެކެވެ.

މި އިނގުރު ޝޮޓްސް ބޭނުންކުރަންވީ ކީއްވެ؟
ދިފާއީ ނިޒާމު ވަރުގަދަކުރުމަށާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި އިނގުރަކީ އަބަދުވެސް އަޅުގަނޑުމެން ބޭނުންކުރާ މުހިންމު ބާވަތެކެވެ. ހާއްސަކޮށް ބަލިވެ އުޅޭ ދުވަސްވަރު އިނގުރު ސައި ނުވަތަ އިނގުރު ބޭނުންކޮށްގެން ތައްޔާރުކުރާ އެކި ބުއިންތައް އަޅުގަނޑުމެން ބޭނުންކުރަމެވެ. ނަމަވެސް ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި، މި އިނގުރު ޝޮޓަކީ އެންމެ ފުރިހަމަ ގޮތެވެ. މިއީ މިންވަރުގެ ގޮތުން ކުޑަ ނަމަވެސް، އޭގެ ބާރުގަދަ ބުއިމެކެވެ. މީގެ މުހިންމު ބައެއް ކަންކަމަކީ:

1- އަގުހެޔޮވުން: ބާޒާރުން ލިބޭ މަޝްހޫރު ބްރޭންޑްތަކަށްވުރެ މިއީ މާ އަގުހެޔޮކޮށް ތައްޔާރުކުރެވޭ އެއްޗެކެވެ. ބޭނުންވަނީ އެންމެ ހަތަރު ބާވަތެވެ.

2- ސިއްހީ ފައިދާ: ތަދު ކެނޑުވުމާއި، ދުޅަތިިރިކުރުމާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުމުގައި އިނގުރަކީ އަޖައިބެއް ފަދަ އެއްޗެކެވެ.

3- ގިނަދުވަހު ބެހެއްޓުން: މި ޝޮޓްތައް އައިސް ކިއުބް ޓްރޭއަކަށް އަޅާފައި ގަނޑުކޮށްގެން ގިނަދުވަހު ބޭނުންކުރެވޭނެއެވެ.

ބޭނުންވާ ތަކެތި

🫚 އިނގުރު: ތާޒާ އިނގުރު ބޭނުންކުރުމުން ރަހަ ގަދަވެފައި ފައިދާ އިތުރުވާނެއެވެ.

🍋 ލުނބޯ ހުތް: މިއީ ވިޓަމިން ސީ އިތުރުކޮށްދީ، މީރު ރަހައެއް ގެނެސްދޭނެ އެއްޗެކެވެ.

🥥 ކާށި ފެން: އިނގުރުގެ ގަދަ ރަހަ މެދު މިންވަރަކަށް ބެހެއްޓުމަށާއި ގުދުރަތީ ފޮނިކަމެއް ގެނައުމަށް ކާށި ފެން ބޭނުންކުރެވިދާނެއެވެ.

🌶️ ކަޔަން ޕެޕަރ (ތެޅި މިރުސް): ކުޑަ މިރުސް ކޮޅެއް އެޅުމުން ލޭގެ ދައުރުވުމާއި ހަޖަމުކުރުމުގެ ނިޒާމަށް ފައިދާކުރެއެވެ.

ތައްޔާރުކުރާނެ ގޮތް

1- މުގުރާލުން: އިނގުރު، ލުނބޯ ހުތް، ކާށި ފެން އަދި މިރުސް އެއްކޮށް ހިމުންވަންދެން ބްލެންޑްކޮށްލާށެވެ.

2- ފުރޭނުން: ބްލެންޑްކުރުމަށްފަހު، ރަނގަޅަށް ފުރާނާލާށެވެ. އޭރުން އޭގައި ހުންނަ ނަރުތަކާއި ބާކީބައިތައް ވަކިވާނެއެވެ. ސަމުސަލަކުން ފިއްތާލައިގެން ހުރިހާ ދިޔައެއް ނަގާށެވެ.

ރައްކާކުރާނެ ގޮތް

🫚 އައިސްއަލަމާރީގައި: ބިއްލޫރި ފުޅިއެއްގައި ބަހައްޓައިފިނަމަ އެއް ހަފުތާއަށް ބޭނުންކުރެވޭނެއެވެ.

🫚 ގަނޑުކޮށްގެން: އައިސް ކިއުބް ޓްރޭއަކަށް އަޅާފައި ގަނޑުކޮށްގެން މާ ގިނަދުވަހު ބެހެއްޓޭނެއެވެ. ބޭނުންވުމުން ވިރުވާލައިގެން ބޭނުންކުރާށެވެ.

އާންމުކޮށް ކުރެވޭ ސުވާލުތައް

🫚 މުގުރާފައި ހުންނަ އިނގުރު ބޭނުންކުރެވިދާނެތަ؟ ތާޒާ އިނގުރު މާ ރަނގަޅެވެ. ނަމަވެސް ބްލެންޑަރެއް ނެތްނަމަ، މުގުރި އިނގުރު އެހެން ބާވަތްތަކާ އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ.

🫚 ދުވާލަކު ކިތައް ފަހަރު ބޮވޭނެ؟ ކޮންމެ އެއްޗަކީވެސް މެދުމިންވަރަކަށް ބޭނުންކުރަންޖެހޭ އެއްޗެކެވެ. ދުވާލަކު އެއް ޝޮޓަށްވުރެ ގިނަ ނުކުރުން ބުއްދިވެރިއެވެ. ސަބަބަކީ ގިނައިން ބޭނުންކުރުމުން މޭ އެންދުން ފަދަ ކަންކަން ދިމާވެދާނެތީއެވެ.

🫚 ބޯއިރު ކޮންމެވެސް ވަރަކަށް ދިލަ ނަގާނެތަ؟ އާދެ، ތާޒާ އިނގުރުގެ ބާރުގަދަކަމުން ކޮންމެވެސް ވަރަކަށް ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އިނގު ސޮޓް ބުއިމަށްފަހު ކުޑަ ފެންފޮދެއް ބޯލެވިދާނެއެވެ.

އިނގުރުގެ ސިއްހީ ފައިދާތައް
އިނގުރަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ބާވަތެކެވެ. މީގައި އެކުލެވޭ ‘ޖިންޖަރޯލް’ގެ ސަބަބުން ހަށިގަނޑުގެ ދުޅަތިިރިކޮށްދީ ދިފާއީ ބާރު ގަދަކޮށްދެއެވެ. މީގެ އިތުރުން މޭނުބައިކުރުމާއި، ހަޖަމުނުވުމާއި، މަސްގަނޑުގައި ރިއްސުން ފަދަ ކަންކަމަށް މިއީ ފަރުވާއެކެވެ. އަދި ހަކުރު ދަށްކުރުމަށާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްވެސް އެހީތެރިވެދެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top