ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަބީޝެކް ބައްޗަން ފިލްމު “ކިންގް” ގެ މަސައްކަތް މެދުކަނޑާލުމަށްފަހު އައިޝްވާރިޔާ އާއެކު ނިއުޔޯކުން ފެނިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝެކް ބައްޗަން އޭނާގެ ކުރިއަށް އޮތް ފިލްމު “ކިންގް” ގެ މަސައްކަތްތަކުން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަނބިމީހާ އައިޝްވާރިޔާ ރާއީ ބައްޗަންއާ އެކު އެމެރިކާގެ ނިއުޔޯކުން ފެނިއްޖެއެވެ.

މި ދެމަފިރިން އެކުގައި ނިއުޔޯކުގެ މަގުމަތިން ފެނިފައިވަނީ ދާދި ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަބީޝެކް ނިއުޔޯކަށް ގޮސްފައިވަނީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ ފާއިތުވި ދުވަސްތަކުގައި މި ދެމަފިރިންގެ ގުޅުމާ ބެހޭގޮތުން މީޑިއާގައި ދެކެވެމުންދިޔަ ތަފާތު ވާހަކަތަކަށް ލިބުނު ޖަވާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އަބީޝެކް މިވަގުތު މަސައްކަތް ކުރަމުންދާ “ކިންގް” އަކީ ޝާހްރުކް ޚާން އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގައި އަބީޝެކް ފެނިގެންދާނީ ނުލަފާ މީހެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެއެވެ.

ނިއުޔޯކުން މި ދެމަފިރިން ފެނުނުއިރު، އެމީހުންގެ ދަރިފުޅު އަރާދިޔާ ބައްޗަން ވެސް އެމީހުންނާއެކު ހުރި ކަމަށް މައުލޫމާތު ލިބެއެވެ. އާއިލީ މި ދަތުރަށްފަހު އަބީޝެކް އެނބުރި އިންޑިއާއަށް އައިސް އަލުން ފިލްމުގެ މަސައްކަތްތަކާ ގުޅޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޖުމާ2 ގަޑިއިރު ކުރިން

ފެނުނީ ކާކަށް؟ އެހެން ނޫނަސް އަހަރުންނަށް ކޮން ކަމެއް ދޯ

Home
Menu
Search
Back to top