ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“ޗަޕާކް” ކުޅެން ފުރަތަމަ ދެކޮޅު ހެދިން: ވިކްރާންތު މަސީ
ދަ ޕީޕަލް

މަޝްހޫރު ފިލްމީ ތަރި ވިކްރާންތު މަސީ، މޭގްނާ ގުލްޒާރުގެ ކާމިޔާބު ފިލްމު “ޗަޕާކް” ކުޅެން ފުރަތަމަ ދެކޮޅު ހެދިކަމަށް ހާމަކޮށްފިއެވެ. އޭނާ ބުނި ގޮތުގައި މި ފިލްމު ދޫކޮށްލަން އުޅުނީ ދީޕިކާ ޕަޑުކޯންއާއެކު އޭނާ ފިލްމުން ފެންނަ ގޮތާމެދު އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުންނެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މަސީ އިޢުތިރާފުވި ގޮތުގައި، އޭނާ އާއި ދީޕިކާގެ އިސްކޮޅު ގާތްގަނޑަކަށް އެއްވަރުވުމުން، ދެމީހުން އެކުގައި ސްކްރީނުން ފެންނައިރު ރީތި ނުވާނެ ކަމަށް އޭނާއަށް ހީކުރެވުނެވެ. ނަމަވެސް، ޑައިރެކްޓަރު މޭގްނާ ގުލްޒާރު ވަނީ އޭނާއަކީ އެ ރޯލަށް އެންމެ އެކަށީގެންވާ މީހާކަމުގެ ޔަޤީންކަންދީ، އެ ރޯލު ކުޅުމަށް އޭނާއަށް ހިތްވަރު ދީފައެވެ.

ވިކްރާންތު އިތުރަށް ބުނި ގޮތުގައި، މޭގްނާ އޭނާއަށް ކުރި އިތުބާރުގެ ސަބަބުން، އަމިއްލަ ނަފުސަށް އޮތް ޝައްކުތަކުން އަރައިގަނެވި، ކެރިއަރުގައި ގޮންޖެހުން ބޮޑު ރޯލުތައް ބަލައިގަތުމަށް އޭނާއަށް ބޮޑު ހިތްވަރެއް ލިބުނެވެ.

10 ޖެނުއަރީ 2020 ގައި ރިލީޒްކުރި “ޗަޕާކް” އަކީ މޭގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި، ކޭއޭ ޕްރޮޑަކްޝަންސް އަދި މްރިގާ ފިލްމްސް ގުޅިގެން އުފެއްދި ފިލްމެކެވެ. އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމުގައި ދީޕިކާ ޕަޑުކޯން މާލްތީގެ ރޯލުން ފެނިގެންދާއިރު، ވިކްރާންތު މަސީ ކުޅެފައިވަނީ އިޖުތިމާއީ ހަރަކާތްތެރިއެއް ކަމަށްވާ އަމޯލްގެ ރޯލެވެ. ބޮކްސް އޮފީހުގައި މާ ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް، ފިލްމުގެ މޮޅު އެކްޓިން އާއި އަސަރުގަދަ ވާހަކައަށް ފާޑުކިޔުންތެރިންގެ ބޮޑު ތަރުހީބެއް މި ފިލްމަށް ވަނީ ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top