ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ހަފްލާ މިރޭ

ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި  އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ދިނުމުގެ ހަފްލާ މިރޭ 20:30 ގައި އޮލިމްޕަހުގައި އޮންނާނެ ކަމަށް އެންސީއޭ އިން ބުނެފިއެވެ. މި ހަފުލާގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް އެންމެންނަށް ހުޅުވާލާފައިވާކަމަށް ވެސް އެންސީއޭ އިން ބުނެއެވެ.

 

މި މުބާރާތަކީ އެންސީއޭއިން މުނިފޫހި ފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މި މުބާރާތަކީ އެން.ސީ.އޭއިން ފަންނާނުންގެ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ދެމެހެއްޓުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.

 

މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތް އޮފީހަކުން ބައިވެރިވެފައި ވެއެވެ. އޭގެތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ވެމްކޯއާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، އެމްޑަބްލިއު އެސްސީ ހިމެނެއެވެ.

 

މި މުބާރާތުގައި އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓަރ އަންހެން އަދި ފިރިހެން، އެންމެ މޮޅު ސަޕޯޓިންގް އެކްޓަރ އަންހެން އަދި ފިރހެންގެ އިތުރުން މުޅިން އަލަށް މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ އެންމެ މޮޅު ނިއުކަމަރ އެވޯޑް ވެސް ހިމެނެއެވެ. މި ވަނަތައް ފަނޑިޔާރުކަން ކޮށްދެއްވީ ފަސް ފަނޑިޔާރުންގެ ޕެނަލް އަކުންނެވެ. މީގެ އިތުރުން ބެލުންތެރިންގެ ވޯޓުންވެސް މި ބައިތަކަށް ވަނަ ދިނުމުގައި ބޭނުންކުރެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top