ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފެތުމަކީ އުނގަނޑުގެ ރިއްސުން 50 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ ކަމެއް – ދިރާސާ

އަލަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ގިނަ ދުވަސްވީ، އުނަގަނޑުގެ ރިހުން ހުންނަ މީހުންނަށް ފަތަން ދިއުމުގެ ސަބަބުން ރިއްސުން ކުޑަވެ، އާންމު ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދެއެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވަރސިޓީގެ ދިރާސާވެރިން ވަނީ، ބުރަކަށީގެ ތިރީބައިގައި ރިއްސާ މީހުންނަށް ފަތަން ދިއުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން ތަހުލީލުތަކެއް ކޮށްފައެވެ. ‘ހެލްތުޑޭ’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 26 އަހަރާއި 74 އަހަރާ ދެމެދުގެ 76 މީހުންނެވެ. މީގެ ތެރެއިން ކޮންމެ މީހަކީވެސް މަދުވެގެން ތިން މަސް ދުވަހު ބުރަކަށީގެ ތިރީބައިގައި ރިއްސުމުގެ ތަހައްމަލު ކުރަމުންދިޔަ މީހުންނެވެ.

މި ދިރާސާގެ ބައިވެރިން ދެ ގުރޫޕަކަށް ބަހާލެވުނެވެ:

އެއް ގުރޫޕަކީ ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން އަށް ހަފުތާގެ ފަތާ ޕްރޮގްރާމެއް ފުރިހަމަކުރި މީހުންނެވެ. އަނެއް ގުރޫޕަކީ އުނަގަނޑުގެ ރިއްސުން މެނޭޖްކުރާނެ އެންމެ ރަނގަޅު ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދެވުނު، ނަމަވެސް ފަތާ ޕްރޮގްރާމްގައި ބައިވެރިނުވާ މީހުންނެވެ.

ދިރާސާގެ ނަތީޖާ އެއް އަހަރު ދުވަހަށް ބެލެހެއްޓުނު

‘ބްރިޓިޝް ޖަރނަލް އޮފް ސްޕޯޓްސް މެޑިސިން’ ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، ތަހުލީލު ނިމުނު ފަހުންވެސް އެއް އަހަރު ދުވަހުގެ މުއްދަތަށް ބައިވެރިންގެ ހާލަތު ބަލާފައިވެއެވެ. ފަތަން ދިއުމުގެ ސަބަބުން ލިބުނު ހެޔޮ ބަދަލުތައް ހަ މަސް ދުވަހާއި ބާރަ މަސް ދުވަސް ފަހުންވެސް ފާހަގަކުރެވުނެވެ. ނަމަވެސް، ވަގުތު ފާއިތުވަމުންދިޔަ ވަރަކަށް މި ދެ ގުރޫޕުގެ މެދުގައި ހުރި ތަފާތު ކުޑަވަމުން ދިޔަކަން ފާހަގަވިއެވެ.

މިވެސް ކިޔާލަން:  ދިވެހިންގެ ޖަޒްބާތު ކެކިއެރުން ބޮނޑު ނަގުލަށް!

ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ބައެއް ބައިވެރިން ދިރާސާ ނިމުމަށްފަހުވެސް ފަތަން ދިއުން ކުރިއަށް ގެންދިޔައެވެ. އަދި އަނެއްބައި މީހުން ކަސްރަތުގެ އެހެން ބާވަތްތައް އިޚްތިޔާރު ކުރިއެވެ. މީގެ އިތުރުން، ފެނުގެ އުފުލުމުގެ ބާރުގެ (ބޮއެންސީ) ސަބަބުން، ބުރަކަށީގައި ބުރަ ނުޖެހޭ ގޮތަށް ހަށިގަނޑު ހަރަކާތްކޮށް ކަސްރަތު ކުރުމަށް ފަސޭހަވާކަންވެސް އެފަރާތްތަކުން ފާހަގަކުރިއެވެ.

ފަތަން ދިއުމުން ރިއްސުން ކުޑަވި
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ފަތާ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ އުނގަނޑުގެ ރިއްސުން، ދިރާސާގެ ކުރިއާ އަޅާބަލާއިރު އެވްރެޖްކޮށް 50 އިންސައްތަ ކުޑަވެ، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުވިއެވެ.

ހަމައެއާއެކު، އުނގަނޑުގެ ރިއްސުމުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު ވަޒަންކުރާ މިންގަނޑުން ބަލާއިރު، ހަމައެކަނި އިރުޝާދު ދެވުނު ގުރޫޕަށްވުރެ ފަތަން ދިޔަ ގުރޫޕުގެ މީހުންގެ ނަތީޖާ 30 އިންސައްތަ ރަނގަޅުކަމަށް ދެއްކިއެވެ.

އެހެންކަމުން، ގިނަ ދުވަސްވީ، އުނަގަނޑުގެ ރިހުން ހުންނަ މީހުންނަށް ކަސްރަތެއްގެ ގޮތުގައި ފަތަން ދިއުމަކީ އެންމެ އެކަށީގެންވާ ކަމެއްކަން ސައިންޓިފިކް ހެކިތަކުން މިހާރު ސާބިތުވާކަމަށް ދިރާސާވެރިން ނިންމާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top