ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަގޭ ބިޓުގެ ވެޑިން” ގެ ޝޫޓިން ނިމިއްޖެ
ޑާކް ރެއިން އެންޓަޓެއިންމެންޓް

– ފިލްމު އޮލިމްޕަހަށް އަންނަނީ ސެޕްޓެމްބަރު ތިނެއްގައި

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ އުންމީދީ ފިލްމު “މަގޭ ބިޓުގެ ވެޑިން” ގެ ޝޫޓިން މަސައްކަތްތައް މުޅިން ނިންމާލައިފިއެވެ.

މި ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) އެވެ. މޮގާ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މާތްﷲގެ އިރާދަފުޅާއެކު ފިލްމުގެ ޝޫޓިން ނިމިފައިވާ ކަމަށާއި، މި މަޖާ ފިލްމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރާއި މަރުޙަބާ ކިޔާ ކަމަށެވެ.

ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ޑާކް ރެއިންގެ “ޕްރޮޖެކްޓް 43” ގެ ނަމުގައި މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ 22 ޖުލައި 2026 ގައެވެ. ވަރަށް ބާރު ސްޕީޑެއްގައި ފިލްމުގެ މަސައްކަތްތައް ނިންމާލާފައިވާއިރު، މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ނިމިފައިވީ ނަމަވެސް، މިހާތަނަށް މި ފިލްމުން ފެނިގެންދާނެ ކާސްޓުން ޑާކް ރެއިން އިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިއީ މި ފިލްމާ މެދު ބެލުންތެރިންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުވެގެންދާ އެއް ސަބަބެވެ.

“މަގޭ ބިޓުގެ ވެޑިން”ގެ މަންޒަރެއް / ޑާކް ރެއިން

“މަގޭ ބިޓުގެ ވެޑިން” ސިނަމާތަކަށް އަންނާނެ ތާރީޚުވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި މި ފިލްމު ދައްކަން ފަށާނެއެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓަކީ އާންމުގޮތެއްގައި ކޮލިޓީ މޮޅު، މަޖާ އަދި ތަފާތު ފިލްމުތަކެއް ދިވެހި ބެލުންތެރިންނަށް ގެނެސްދޭ ސްޓޫޑިއޯއެކެވެ.

މިވެސް ކިޔާލަން:  ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކާސްޓިންގ ކޯލެއް!
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ma2 މަސް ކުރިން

kihinakhn tho quality molhu kamah thi bunanee mi meehunge film thah. hus copy hadhaa iru ves. ebbaeh laigen hurihaa kameh kuraa iru ves

Home
Menu
Search
Back to top