ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާގެ އެންމެ ނުފޫޒުގަދަ ސެލެބްރިޓީއަކަށް ޝާހްރުކް ޚާން
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން، 2025 ވަނަ އަހަރު އިންޑިއާގައި ހުރި އެންމެ ނުފޫޒުގަދަ ސެލެބްރިޓީގެ މަގާމު ހޯދައިފިއެވެ. “ކްރޯލް އިންޑިއާ” އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، ޝާހްރުކްގެ ބްރޭންޑް ވެލިއު ނުވަތަ އޭނާގެ އަގު ވަނީ 177.9 މިލިއަން ޑޮލަރަށް އަރާފައެވެ.

މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު މި ލިސްޓުގެ ތިންވަނައިގައި އޮތް ޝާހްރުކް، އެއްވަނައަށް ޖެހިލާފައި މިވަނީ އޭނާ އިސްތިހާރުކޮށްދޭ ބްރޭންޑްތަކުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އޭނާ އިސްތިހާރުކުރާ ބްރޭންޑްތަކުގެ އަދަދު 28 އިން 36 އަށް ވަނީ އިތުރުވެފައެވެ.

މި ލިސްޓުގެ ދެވަނަ މަގާމު ދަމަހައްޓާފައިވަނީ އެކްޓަރު ރަންވީރު ސިންގް އެވެ. އޭނާގެ ބްރޭންޑް ވެލިއުއަކީ 162.9 މިލިއަން ޑޮލަރެވެ. ނަމަވެސް، ކުރިން އެއްވަނައިގައި އޮތް މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ވަނީ 158.4 މިލިއަން ޑޮލަރާއެކު ތިންވަނައަށް ވެއްޓިފައެވެ.

ކްރޯލް އިންޑިއާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ އެންމެ ނުފޫޒުގަދަ 25 ސެލެބްރިޓީންގެ ޖުމްލަ އަގު މިހާރު ހުރީ 2 ބިލިއަން ޑޮލަރުގައެވެ. މިއީ ކުރީ އަހަރަށްވުރެ 3.7 އިންސައްތަ ދަށް އަދަދެކެވެ. މި ދަށްވުމުގެ ސަބަބެއް ކަމަށް ބެލެވެނީ އާންމުވަމުން އަންނަ އަންހެން ފަންނާނުން ކަމަށްވާ ސަމަންތާ ރޫތު ޕްރަބޫ، ޖާންވީ ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފަދަ ތަރިންގެ އަގުތައް ނިސްބަތުން ދަށްވުމާއި، އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުޕީސްގެ އަގު ދަށްވުމެވެ.

މިވެސް ކިޔާލަން:  ޝަމްވީލްގެ ލަވް މެޝަޕް 3 އަދި މާލޯބި!

މީގެ އިތުރުން، ސެލެބްރިޓީން އިސްތިހާރު ކުރުމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރު ބޮޑުވަމުންދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކުރިން ޑިޖިޓަލް އިސްތިހާރުތަކުން ލިބޭ އާމްދަނީ 40-60 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު ގިނަ ތަރިންގެ އާމްދަނީގެ 60-75 އިންސައްތަ ހިއްސާކުރަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުންނެވެ.

ރަންވީރު ސިންގްގެ ފިލްމު “ދުރަންދަރު” އަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އޭނާ އިސްތިހާރުކޮށްދޭ ކުންފުނިތަކުގެ އަދަދު 45 އިން 38 އަށް މަދުވުމުގެ ސަބަބުން އޭނާގެ ޖުމްލަ ބްރޭންޑް ވެލިއުއަށް ވަނީ އަސަރުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top