ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކްރިސްޓޮފާ ނޯލަންގެ “ދަ އޮޑިސީ” އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން
ފޮޓޯ: ބޮލީވުޑް މެޝީން

މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އެންމެ ފަހުގެ ފިލްމު “ދަ އޮޑިސީ” ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެއްޖެއެވެ.

މެޓް ޑޭމަން، ޓޮމް ހޮލަންޑް އަދި އޭން ހެތަވޭ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު މި ޝަރަފުވެރި ލަނޑުދަނޑި ހާސިލުކުރީ ރިލީޒްކުރިތާ އެންމެ ތިން ހަފުތާގެ ތެރޭގައެވެ. މިހާތަނަށް މި ފިލްމަށް އުތުރު އެމެރިކާއިން 429.65 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބައިނަލްއަޤުވާމީ މާކެޓްތަކުން 578.8 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއާއެކު ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.008 ބިލިއަން ޑޮލަރަށް އަރާފައެވެ.

މިއީ 2012 ވަނަ އަހަރު ރިލީޒްކުރި “ދަ ޑާކް ނައިޓް ރައިޒަސް” އަށްފަހު، ނޯލަންގެ ފިލްމަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، 1.08 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ނޯލަންގެ ކާމިޔާބު ފިލްމު “ދަ ޑާކް ނައިޓް” (2008) ގެ ރެކޯޑާ އަރާ ހަމަކުރުމާވެސް “ދަ އޮޑިސީ” މިހާރު ވަނީ ވަރަށް ގާތްވެފައެވެ.

މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީގައި އައިމެކްސް ސިނަމާތަކުގެ ދައުރު ބޮޑުކަން ސިނަމާގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން ހަމައެކަނި އައިމެކްސް ސްކްރީންތަކުން ވެސް 257 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އޮގަސްޓް 14 ގައި ޗައިނާގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ފިލްމުގެ އާމްދަނީ އިތުރުވެ، އާ ރެކޯޑުތަކެއް ގާއިމުކުރާނެ ކަމަށް ބެލެވެއެވެ.

މިވެސް ކިޔާލަން:  ލޯބީގެ އަސަރުގަދަ، އެހާމެ ރިހުންގަދަ "ނަފްރަތުވުމުން"ގެ ޓްރެއިލަރ ނެރެފި

ކްރިސްޓޮފާ ނޯލަން ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމަކީ، އޭނާގެ އާދަޔާ ޚިލާފު ވާހަކަ ދެއްކުންތެރިކަމާއި ފުންނާބުއުސް ތަރިންގެ ހުނަރު އެކުލެވިގެންވާ، ބޮޑު ތަރުހީބެއް ލިބެމުންދާ އުފެއްދުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top