ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެސް.އެސް ރާޖަމޯލީގެ އާ ފިލްމު “ވަރަނަސީ” 2027 ގައި
ފޮޓޯ: ގޫގަލް

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސް.އެސް ރާޖަމޯލީގެ އުންމީދީ އާ ފިލްމު “ވަރަނަސީ” 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ސިނަމާތަކަށް އަންނާނެކަން އިޢުލާންކޮށްފިއެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ތެލުގޫ ސުޕަރސްޓާ މަހޭޝް ބާބޫ އާއި ބޮލީވުޑް އަދި ހޮލީވުޑްގައި މަޤުބޫލުކަން ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ. މި ފިލްމުގައި މަހޭޝް ބާބޫ އަދާކުރަނީ ކެރުމާއި ހިތްވަރުގަދަ އާކިއޮލޮޖިސްޓެއް ކަމަށްވާ ރުދްރާގެ ރޯލެވެ. ޕްރިޔަންކާ ފެނިގެންދާނީ ތާރީޚީ ކަންކަމަށް ކަންނެތް ނަމަވެސް ބަޑިޖެހުމަށް ކަސްތަރުވެފައިވާ މާހިރެއްގެ ގޮތުގައެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދުނިޔެއާ ދިމާލަށް ދަތުރުކުރަމުންދާ އެސްޓްރޮއިޑް ނުވަތަ ގިނިހިލައެއްގެ ނުރައްކަލުން ވަރަނަސީ ސަލާމަތްކުރުމަށްޓަކައި، ކައުނުގެ މުހިންމު އާސާރީ އެއްޗެއް ހޯދުމަށް މި ދެ ތަރިން ކުރާ ރޭހެއްގެ މައްޗަށެވެ. މި އެޑްވެންޗަރ ފިލްމުގެ މަންޒަރުތައް އިންޑިއާގެ އިތުރުން އެފްރިކާ، އެންޓާކްޓިކާ، ޔޫރަޕް އަދި އިހުގެ ރޯމްގައި ވެސް ވަނީ ފިލްމުކޮށްފައެވެ.

މި ފިލްމުގެ ވިލަން ނުވަތަ ނުބައިބައި ރޯލުން ފެނިގެންދާނީ ޓެކްނޮލޮޖީގެ މާހިރެއްގެ ގޮތުގައި ކުމްބާގެ ކެރެކްޓާއިން ފެނިގެންދާ ޕްރިތުވީރާޖް ސުކުމާރަންއެވެ. މީގެ އިތުރުން މަޝްހޫރު ބަތަލާ ޝްރޫތީ ހަސަން ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

“ވަރަނަސީ” އަކީ ފިލްމީ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ އުފެއްދުމެކެވެ. ސަބަބަކީ މިއީ މުޅި ފިލްމު އައިމެކްސް ކެމެރާއިން ޝޫޓްކުރާ އިނގިރޭސި ނޫން ފުރަތަމަ ފިލްމަށް ވާތީއެވެ. މިހާރުވެސް ފިލްމުގެ ބޮޑުބައެއް ޝޫޓްކޮށް ނިމިފައިވާއިރު، މިއީ އިންޑިއާގެ ސިނަމާގައި މިހާތަނަށް އުފައްދާ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެ ކަމަށް ބެލެވެއެވެ.

މިވެސް ކިޔާލަން:  އަރްޖުން ރާމްޕާލް މިފަހަރު "ބިލިއަނަރ" އަކަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top