ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޭޒީޕީގެ ފިލްމު “ސަމްރާ” މި މަހު ރިލީޒްކުރަނީ
ފޮޓޯ: ކޭޒީޕީ އެންޓަޓެއިންމެންޓް - އިންސްޓަގްރާމް

ކޭޒީޕީ އެންޓަޓެއިންމެންޓުގެ ފުރަތަމަ ފީޗަރ ފިލްމު “ސަމްރާ” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށް ޓްރެއިލާ އާންމުކޮށްފިއެވެ.

ފީޗަރ ފިލްމަކަށް މުޅިން އާ ތަރިންތަކެއް ހިމެނޭ “ސަމްރާ” ގެ ތަރިންގެ ތެރޭގައި ރަޝްފާ ފާރޫޤް، އިބްރާހީމް ޒެން އަޙްމަދު، އާމިނަތު ޝަފްގާ، މުޙައްމަދު ނަވީ، ޒުހުދާ އަޙްމަދު ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޒުވާން ފަންނާނުންތަކެއްގެ ހުނަރުވެރި މަސައްކަތްތަކެއް ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ތަރިންގެ ކުޅަދާނަކަމުގެ އިތުރުން މަންޒަރުތައް ގެނެސްދީފައިވާލެއް މޮޅުކަން ފާހަގަކޮށްލެވެއެވެ.

ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ އާމިނަތު ރިޝްމާގެ ސްކްރީންޕްލޭއަކަށް އިބްރާހީމް ޒެން އަޙްމަދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ސިނަމަޓޮގްރަފީގެ މަސައްކަތްކުރީ ޒިދާން ޝަފީޤެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ “ސަމްރާ” ރިލީޒްކުރަން ނިންމާފައިވަނީ މި މަހު 20 ވަނަ ދުވަހު ކޭޒީޕީގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.

މިވެސް ކިޔާލަން:  ޖީވީ ޕްރަކާޝްގެ "އިމޯޓަލް" ޖުލައިގައި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top