ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުމްބާއީގެ އެންކައުންޓަރ ސްޕެޝަލިސްޓް ދަޔާ ނަޔަކްގެ ބަޔޮޕިކަށް ހަރްޝްވަރްދަން ރާނޭ
ފޮޓޯ: ގޫގަލް

މުމްބާއީގެ ނުރައްކާތެރި އަންޑަވޯލްޑް ކުށްވެރިން ހޯދުމުގައި މަޝްހޫރުކަން ހޯދާފައިވާ ކުރީގެ އެންކައުންޓަރ ސްޕެޝަލިސްޓް ދަޔާ ނަޔަކްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު “ޕޮލިސް ކޮމްޕެނީ” ގެ މައި ރޯލުން މަޝްހޫރު އެކްޓަރު ހަރްޝްވަރްދަން ރާނޭ ފެންނާނެކަން ހާމަވެއްޖެއެވެ.

މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ އުފައްދާ މި ފިލްމަކީ ޓީ-ސީރީޒްގެ އެހީތެރިކަމާއެކު ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދޭނީ މަންގަލޯރުގެ ކުޑަ އަވަށަކަށް އުފަންވި ދަޔާ ނަޔަކް، މުމްބާއީ ފުލުހުންގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ޝަޚްސިއްޔަތަކަށް ވެގެންދިޔަ ގޮތުގެ ވާހަކައެވެ. އަދި ވޭތުވެދިޔަ ތިރީހަކަށް އަހަރު ތެރޭގައި އަންޑަވޯލްޑް ކުށްވެރިން ނައްތާލުމަށް އޭނާ ހިންގި ނުރައްކާތެރި އޮޕަރޭޝަންތައް މި ފިލްމުގައި ވަރަށް ތަފްސީލުކޮށް ފެނިގެންދާނެއެވެ.

ޑައިރެކްޓަރު ވަރްމާ ބުނި ގޮތުގައި، މިއީ އޭނާ ވަރަށް ކުރީއްސުރެ އުފައްދަން ބޭނުންވެފައިވާ “ޕެޝަން ޕްރޮޖެކްޓް” އެކެވެ. މި ފިލްމަކީ ވަރްމާގެ މަޝްހޫރު “ކޮމްޕެނީ” ފްރެންޗައިޒްގެ ދަށުން އުފައްދާ ފިލްމެއް ނަމަވެސް، ކުރީގެ ފިލްމުތަކުގެ ވާހަކައާ މި ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

“ސަނަމް ތޭރީ ކަސަމް” އިން ބޮޑު މަޤުބޫލުކަމެއް ހޯދި ހަރްޝްވަރްދަން ރާނޭއަށް މިއީ އޭނާގެ ކެރިއަރުގައި ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. އޭނާ އެންމެ ގަޔާވާ އެއް ޑައިރެކްޓަރާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަޤީޤަތަކަށް ވުން ފަދަ ކަމެއް ކަމަށް އޭނާ ސިފަކުރެއެވެ.

ހަރްޝްވަރްދަންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މިލާޕް ޒަވޭރީގެ “ޔުނިފޯމް” އިންނެވެ. އޭގެ ފަހުން އޮމަންގް ކުމާރުގެ “ސިލާ” އަދި ޖޯން އަބްރަހަމްއާއެކު ފެނިގެންދާ “ފޯސް 3” ގެ މަސައްކަތްތައްވެސް އޭނާ ދަނީ ކުރަމުންނެވެ.

މިވެސް ކިޔާލަން:  ޕްރަބާސްގެ "އަދިޕުރުޝް" ގެ ޓީޒަރއެއް ދައްކާލައިފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top