1992 ވަނަ އަހަރު ރިލީޒްކުރި “ޖުނޫން” އަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް އުފެއްދި ތަފާތު ބިރުވެރި ފިލްމެކެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ރާހުލް ރޯއި، ޕޫޖާ ބަޓް އަދި އަވިނާޝް ވަދަވަންއެވެ.
“ޖުނޫން” ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވިކްރަމް (ރާހުލް ރޯއި) ނަމަކަށް ކިޔާ ޒުވާނެއްގެ މައްޗަށެވެ. ވިކްރަމް އޭނާގެ ރަހުމަތްތެރިންނާއެކު ޖަންގައްޔަކަށް ޝިކާރައަށް ދިޔަ ދަތުރެއްގައި، “ލައުނަތް” ލެވިފައިވާ މިނިކާވަގަކު އޭނާއަށް ހަމަލާދެއެވެ. މި ހަމަލާއަށްފަހު ވިކްރަމް ސަލާމަތްވި ނަމަވެސް، އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އަންނަން ފަށައެވެ.
އެއީ ކޮންމެ ސާދަވިލޭރޭއަކު (ހަނދު ފުރިހަމަވާ ރޭރޭ)، ވިކްރަމް އިންސާނަކުން ބިރުވެރި މިނިކާވަގަކަށް ބަދަލުވުމެވެ. މި ބަދަލުވުމުގެ ސަބަބުން އޭނާގެ ކިބައިގައިވާ އިންސާނީވަންތަކަން ގެއްލި، އޭނާގެ ގާތް މީހުންނަށް ނުރައްކާވާން ފަށައެވެ. ވިކްރަމްއަށް ނީތާ (ޕޫޖާ ބަޓް) ދެކެ ލޯބިވެވި، ނީތާގެ ލޯބިވެރިޔާ ރަވީ (އަވިނާޝް ވަދަވަން) އާ ދުރުކޮށް ނީތާއާ ކައިވެނިކުރެއެވެ. އަދި އޭގެ ފަހުން ވިކްރަމްގެ ފަރާތުން ހިނގަމުންދާ ކަންތައްތައް އެނގި އޭނާގެ ކިބައިން ނީތާ ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް ފިލްމުގައި ފެނިގެންދެއެވެ.
މިއީ ހޮލީވުޑް ފިލްމު “އޭން އެމެރިކަން ވެއާވުލްފް އިން ލަންޑަން” އިން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
“ޒަމާނޭ ކީ ބުރާއީ” އަކީ މި ފިލްމުގެ ލަވަތަކުގެ ތެރެއިން ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ރީތި ލަވައެކެވެ. ވިޕިން ސަޗްދޭވާގެ އަޑުން އިވިގެންދިޔަ މި ލަވައިގެ ޅެން ތައްޔާރުކޮށްދިނީ ސަމީރު އެވެ. އަދި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަންކުރި މިއުޒިކް ޑުއޯ ނަދީމް-ޝްރަވަން އެވެ.
ލޯބިވެރިޔާ ބޭވަފާތެރިވުމުގެ ސަބަބުން އެކަމުގެ ހިތާމަ ފާޅުކޮށް ކިޔާފައިވާ މި ލަވައިން ފެނިގެންދަނީ އަވިނާޝް ވަދަވަން، ޕޫޖާ ބަޓް އަދި ރާހުލް ރޯއި އެވެ.
ހިންދީ ލަވަ އާއި ދިވެހި މާނަ
ޒަމާނޭ ކީ ބުރާއީ މުޖް މޭ ހޭ ސަނަމް
ލޯބިވާއެވެ. މި ދުނިޔޭގައިވާހާ ނުބައިކަމަކާއި އުނިކަމެއް އަހަރެންގެ ކިބައިގައި ހުރެދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.

ނަ ކޯއީ އައްޗާއީ މުޖްމޭ ހޭ ސަނަމް
ލޯބިވާއެވެ. އަހަރެންގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތިދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.
*****
މޭ ޕާގަލް ދީވާނާ ހޫން މޭ މާންތާ ހޫން
އަހަންނަކީ މޮޔަ ލޯބިވެރިއެއްކަމަށް އަމިއްލައަށް އިއުތިރާފުވަމެވެ.
މޭ ޕާގަލް ދީވާނާ ހޫން މޭ މާންތާ ހޫން
އަހަންނަކީ މޮޔަ ލޯބިވެރިއެއްކަމަށް އަމިއްލައަށް އިއުތިރާފުވަމެވެ.
ބަޅާ ނާ ސަމަޖް ހޫން ޔޭ މޭ ޖާންތާ ހޫން
އަދި އަހަންނަކީ މާ ބޮޑު ވިސްނުންތެރިކަމެއް ނެތް މީހެއްކަން ވެސް އަހަރެން ދެނަހުރީމެވެ.
ޕަރް ބަދްލި ނަޒްރޯން ކޯ ޕެހެޗާންތާ ހޫން
ނަމަވެސް، ކަލާގެ ބަލައިލުންތަކަށް އަންނަ ބަދަލުތައް ދެނެގަންނަން އަހަންނަށް އެނގެއެވެ.
ޒަމާނޭ ކީ ބުރާއީ މުޖް މޭ ހޭ ސަނަމް
ލޯބިވާއެވެ. މި ދުނިޔޭގައިވާހާ ނުބައިކަމަކާއި އުނިކަމެއް އަހަރެންގެ ކިބައިގައި ހުރެދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.
ނަ ކޯއީ އައްޗާއީ މުޖްމޭ ހޭ ސަނަމް
ލޯބިވާއެވެ. އަހަރެންގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތިދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.
*****
ނިގާހޭން މިލާކޭ ނަޒަރް މޯޅް ލޭނާ
ހަތަރުކަޅި ހަމަކުރުމަށްފަހު، އެހެން ދިމާއަކަށް މޫނު އަނބުރާނުލާށެވެ.
ނިގާހޭން މިލާކޭ ނަޒަރް މޯޅް ލޭނާ
ހަތަރުކަޅި ހަމަކުރުމަށްފަހު، އެހެން ދިމާއަކަށް މޫނު އަނބުރާނުލާށެވެ.
ސަފީނޭ ކޯ މަޖްދާރް މޭ ޗޯޅް ދޭނާ
އަދި އަހަރެމެންގެ މި ލޯބީގެ އޮޑި މެދުކަނޑަށް ދޫކޮށްނުލާށެވެ.
ނެހީން މެއިނޭ ސީކާ ހޭ ދިލް ތޯޅް ދޭނާ
މީހުންގެ ހިތްތައް ހަލާކުކޮށްލުމަކީ އަހަރެން ދަސްކޮށްފައިވާ ކަމެއް ނޫނެވެ.
ޒަމާނޭ ކީ ބުރާއީ މުޖް މޭ ހޭ ސަނަމް
ލޯބިވާއެވެ. މި ދުނިޔޭގައިވާހާ ނުބައިކަމަކާއި އުނިކަމެއް އަހަރެންގެ ކިބައިގައި ހުރެދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.
ނަ ކޯއީ އައްޗާއީ މުޖްމޭ ހޭ ސަނަމް
ލޯބިވާއެވެ. އަހަރެންގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތިދާނެއެވެ.
މަގަރް ބޭވަފާއީ މުޖްމޭ ނެހީން
ނަމަވެސް، ބޭވަފާތެރިވުމުގެ ސިފައެއް އަހަރެންގެ ނަފުސަކު ނުވެއެވެ.
*****
ޖޯ ދިލް ކަހޭ ދިލްރުބާ މުޖްކޮ ކެހެނާ
ލޯބިވާއެވެ. ކަލާގެ ހިތް އެދޭ ކޮންމެ ނަމަކުން އަހަންނަށް ގޮވާށެވެ.
ޖޯ ދިލް ކަހޭ ދިލްރުބާ މުޖްކޮ ކެހެނާ
ލޯބިވާއެވެ. ކަލާގެ ހިތް އެދޭ ކޮންމެ ނަމަކުން އަހަންނަށް ގޮވާށެވެ.
ދުނިޔާ މޭ ސަބްސޭ ބުރާ މުޖްކޮ ކެހެނާ
އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނުބައި ނުލަފާ މީހާ ކަމަށް ބުންޏަސް އެންމެ ރަނގަޅެވެ.
ލޭކިން ނަ ތުމް ބޭވަފާ މުޖްކޮ ކެހެނާ
އެކަމަކު، ދުވަހަކުވެސް ބޭވަފާތެރިއެއްގެ ނަމުން އަހަންނާ މުހާތަބު ނުކުރާށެވެ.