ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހީރާމަންޑީ: ދަ ޑަޔަމަންޑް ބާޒާރު” – މި ސީރީޒާ ބެހޭގޮތުން އެނގެންޖެހޭ ހުރިހާ މަޢުލޫމާތެއް

މި ތާރީޚީ ޑްރާމާއަކީ އިންޑިއާގެ މިނިވަންކަމުގެ ކުރިން އެ ގައުމުގައި އުޅުނު “ތަވާއިފުން” ނުވަތަ މުނިފޫހިފިލުވައިދޭ އަންހެނުންގެ ދިރިއުޅުމާއި، ލޯތްބާއި، އަދި ހިތާމަވެރި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ.

ބާފްޓާ އެވޯޑަށް ނޮމިނޭޓްވެފައިވާ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ (ހަމް ދިލް ދޭ ޗުކޭ ސަނަމް، ދޭވްދާސް ފަދަ ފިލްމުތަކުގެ އުފެއްދުންތެރިޔާ) ގެ “ހީރާމަންޑީ” އަކީ 1940 ގެ އަހަރުތަކުގައި އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، އެ ގައުމުގެ އެންމެ މަތީ ފަންތީގެ ތަވާއިފުންގެ ދިރިއުޅުން ދައްކުވައިދޭ ފުރިހަމަ އުފެއްދުމެކެވެ. މުއްސަނދި ނަވާބުންނާއި އަމީރުންގެ މުނިފޫހިފިލުވައިދިނުމުގައި މި އަންހެނުން ހަރަކާތްތެރިވަމުންދާއިރު، އެމީހުންގެ އަމިއްލަ ސިއްރު އެދުންތައް ހާސިލުކުރުމަށް ރޭވުންތައް ރާވައި، ބާރުގަދަ ފަރާތްތަކާ ކުރިމަތިލައެވެ. މިއުޒިކީ ކަންތައްތަކެއްވެސް ހިމެނޭ މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ އަދި އަދިތީ ރާއޯ ހައިދަރީ އެވެ.

ހީރާމަންޑީގެ މުހިންމު ތަރިންނަކީ ކޮބާ؟

🍿 މަނީޝާ ކޮއިރާލާ (މަލްލިކާޖާން ނުވަތަ މަލްލިކާގެ ރޯލުގައި): ހީރާމަންޑީގެ އެންމެ އިސް ތަވާއިފު.
🍿 އަދިތީ ރާއޯ ހައިދަރީ (ބިއްބޯޖާން ނުވަތަ ބިއްބޯގެ ރޯލުގައި): ހީރާމަންޑީގެ ތަވާއިފެއް އަދި މަލްލިކާގެ ދަރިފުޅު.
🍿 ސޮނާކްޝީ ސިންހާ (ފަރީދަންގެ ރޯލުގައި): މަލްލިކާގެ ކުރީގެ ދުޝްމަނެއްގެ ދަރިފުޅު.
🍿 ޝަރުމީން ސޭގަލް (އާލަމްޒޭބް ނުވަތަ އާލަމްގެ ރޯލުގައި): މަލްލިކާގެ އެންމެ ހަގު ދަރިފުޅު، ޅެންވެރިކަމަށް ޝައުގުވެރިވާ ތަވާއިފެއް.
🍿 ތާހާ ޝާހް ބާދުޝާ (ތާޖްދާރުގެ ރޯލުގައި): އާލަމްގެ ލޯބިވެރިޔާ އަދި ނަވާބެއްގެ ދަރިއެއް.
🍿 ސަންޖީދާ ޝެއިޚް (ވަހީދާގެ ރޯލުގައި): ތަވާއިފެއް އަދި މަލްލިކާގެ ކޮއްކޮ.
🍿 ރިޗާ ޗައްޑާ (ލައްޖޯގެ ރޯލުގައި): ތަވާއިފެއް.
🍿 ފަރުދީން ޚާން (ވަލީ މުހައްމަދުގެ ރޯލުގައި): ބިއްބޯގެ މައިގަނޑު އެހީތެރިޔާ ނުވަތަ “ޕޭޓްރަން”.
🍿 ޝޭކަރް ސުމަން (ޒުލްފިކާރުގެ ރޯލުގައި): ހީރާމަންޑީއަށް ޒިޔާރަތްކުރާ މުއްސަނދި އަމީރެއް.
🍿 އަދްޔަޔާން ސުމަން (ޒޮރާވަރުގެ ރޯލުގައި): ހީރާމަންޑީއަށް ޒިޔާރަތްކުރާ މުއްސަނދި އަމީރެއް.

މިވެސް ކިޔާލަން:  ސައިފްގެ "ކަރްތަވްޔާ" ނެޓްފްލިކްސްއަށް

ހީރާމަންޑީގައި ހިނގަނީ ކޮންކަހަލަ ހާދިސާތަކެއް؟

އިންޑިއާ މިނިވަންވުމުގެ ކުރިން، ބާރުގަދަ މަލްލިކާޖާން ވަނީ ހީރާމަންޑީގައި ހުންނަ ތަވާއިފުންގެ ގަނޑުވަރެއް ފަދަ ގެއެއްގެ މައްޗަށް އެތައް އަހަރެއް ވަންދެން ރަނިކަންކޮށްފައެވެ. އެތަނަކީ މުއްސަނދި ނަވާބުންނަށް ހިތްގައިމު ނެށުމާއި މިއުޒިކީ ހުށަހެޅުންތައް ދައްކައިދޭ ތަނެކެވެ. މި ދާއިރާގައި 25 އަހަރު ހޭދަކޮށްފައިވާ މަލްލިކާގެ ބާރުވެރިކަމަށް ގޮންޖަހާލީ، އޭނާގެ ކުރީގެ ހަތުރެއްގެ ދަރިފުޅު ފަރީދަން ބަދަލުހިފުމަށް އެނބުރި އައުމުންނެވެ.

މަލްލިކާ ހީރާމަންޑީގެ އެތެރޭގައި އޭނާގެ ބާރު ހިންގަމުންދާއިރު، ބޭރު ދުނިޔޭގައި އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ގައުމުގެ މަސްލަހަތު ވަނީ ގޯސްވެފައެވެ. މަލްލިކާގެ ދަރިފުޅު ބިއްބޯ ސިއްރުސިއްރުން މިނިވަންކަމަށް މަސައްކަތްކުރާ މީހުންނަށް މައުލޫމާތު ފޯރުކޮށްދެނީ، އިނގިރޭސިންގެ ކިބައިންނާއި އޭނާގެ މަންމަގެ ކިބައިން މިނިވަންވުމަށެވެ. ހަމައެއާއެކު، ހަގު ދަރިފުޅު އާލަމް ބޭނުންވަނީ މި ދިރިއުޅުން ދޫކޮށް ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށް ދާށެވެ. ނަމަވެސް އާލަމްއަށް ތާޖްދާރުާ ބައްދަލުވުމުން، އެމީހުންގެ ލޯބި ގައުމީ ބޮޑު މަގުސަދަކަށް ބަދަލުވެގެންދާނެ ބާވައެވެ؟

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެއްތަ؟

މި ސީރީޒަކީ ތާރީޚީ ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިކްޝަނަލް ނުވަތަ ޚިޔާލީ ވާހަކައެކެވެ. މީގައި ދައްކުވައިދެނީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތްއިރުގެ ދިރިއުޅުމާއި، އޭރު އުޅުނު ތަވާއިފުންނާއި ނަވާބުންގެ ދިރިއުޅުމުގެ ސާފު ތަސްވީރެކެވެ.

މިއީ ފޮތެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެއްތަ؟

ނޫނެކެވެ. މިއީ ލިޔުންތެރިޔާ މޮއިން ބޭގްގެ އަމިއްލަ އުފެއްދުމެކެވެ.

މި ސީރީޒްގެ ހާދިސާތައް ހިނގަނީ ކޮންތަނެއްގައި؟

މިވެސް ކިޔާލަން:  އަބީޝެކް "ގޫމަރް" ގެ ޝޫޓިންގ ފަށައިފި

މި ސީރީޒްގެ ހާދިސާތައް ހިނގަނީ އިންޑިއާ މިނިވަންވުމުގެ ކުރިންނެވެ. ވާހަކަ ފެށެނީ 1920 ގެ އަހަރުތަކުން މަލްލިކާގެ ޒުވާން ދުވަސްވަރުންނެވެ. އެއަށްފަހު 1940 ގެ އަހަރުތަކަށް ވާހަކަ ބަދަލުވެގެންދެއެވެ.

މިހާރު ނެޓްފްލިކްސް އިން ހީރާމަންޑީ ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top