ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޕަލް އިން މިއަހަރު އައިފޯން 18 ނެރުން ފަސްކޮށްފި

އެޕަލް އަށް ސާމާނު ފޯރުކޮށްދޭ ޕެގަޓްރޯން އިން މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އާންމުކޮށް ނެރޭ އައިފޯން 18 ގެ މޮޑެލް އަންނަ އަހަރާ ހަމައަށް ބާޒާރަށް ނެރޭގޮތަކަށް ހަމައެއް ނުޖެހެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ބަޔާން ހާމަކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ޓައިވާންގެ އިކޮނޮމިކް ޑެއިލީ ނިއުސް އިން ބުނެފައިވަނީ، ޕެގަޓްރޯންގެ ކަސްޓަމަރަކު އެ ކުންފުނީގެ ފޯނުތައް ބާޒާރަށް ނެރޭ ތާވަލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ. ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ފަދައިން، މި ސެޕްޓެމްބަރު މަހު އެޕަލް އިން ނެރުމަށް ހަމަޖެހިފައިވަނީ އައިފޯން 18 ޕްރޯ، އައިފޯން 18 ޕްރޯ މެކްސް އަދި ފަތްޖަހާލެވޭ “އައިފޯން އަލްޓްރާ” އެކަނި ކަމަށް މި ރިޕޯޓުގައިވެއެވެ. އަދި އާދައިގެ އައިފޯން 18 ބާޒާރަށް ނެރުމަށް މިހާރު ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

މީގެ ކުރިން އައިފޯން 11 އިން ފެށިގެން އައިފޯން 17 އާ ހަމައަށް ހުރިހާ މޮޑެލްތަކެއްވެސް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކާއެކު ނެރެމުން އައި ނަމަވެސް، އައިފޯން 18 ނެރުން 2027 ވަނަ އަހަރުގެ މާރިޗު މަހަށް ފަސްކުރުމަކީ އެޕަލްގެ އާދަކާދައަށް އަންނާނެ ބޮޑު ބަދަލެކެވެ.

އައިފޯން 18 ސީރީޒްގެ ފޯނުތައް ނެރުން ދެބަޔަކަށް ބަހާލުމަށް އެޕަލް އިން ނިންމާފައިވާ ކަމުގެ އަޑުތައް، އެޕަލްގެ ސަޕްލައި ޗެއިން އެނަލިސްޓް މިންގް-ޗީ ކުއޯ އާއި “ދަ އިންފޮމޭޝަން” ގެ ކުރީގެ ރިޕޯޓަރު ވޭން މާ ފަދަ ފަރާތްތަކުން ވޭތުވެދިޔަ އަހަރު ތެރޭގައި ވަނީ ފަތުރާފައެވެ. މީގެ އިތުރުން، އެޕަލް އަށް ސާމާނު ފޯރުކޮށްދޭ ލާގަން ޕްރިސިޝަން އިން ވެސް މިއަހަރުގެ ކުރީކޮޅު ވަނީ މިފަދަ ބަދަލެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

މިވެސް ކިޔާލަން:  ސްޕޮޓިފައިގެ ލޯގޯ "ޑިސްކޯ ބޯލް" އަކަށް ބަދަލުކޮށްފި: މި ބަދަލުގެ ފަހަތުގައިވަނީ ކޮން ސަބަބެއް؟

މީގެ އިތުރުން، އަގު ހެޔޮ މޮޑެލްއެއް ކަމަށްވާ އައިފޯން 18 އީ އަދި އައިފޯން އެއާރ 2 ވެސް 2027 ވަނަ އަހަރުގެ މާރިޗު މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ ގޮތެއްގައި އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އައިފޯންގެ އައު ހަ މޮޑެލްއެއް ބާޒާރަށް ނެރުމަށް ވަނީ ތާވަލުކުރެވިފައެވެ:

  • އައިފޯން 18 ޕްރޯ: ސެޕްޓެމްބަރު 2026
  • އައިފޯން 18 ޕްރޯ މެކްސް: ސެޕްޓެމްބަރު 2026
  • އައިފޯން އަލްޓްރާ: ސެޕްޓެމްބަރު 2026
  • އައިފޯން 18: މާރިޗު 2027
  • އައިފޯން 18 އީ: މާރިޗު 2027
  • އައިފޯން އެއާ 2: މާރިޗު 2027
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top