ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗީޒް އެޅި އަލުވި ކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 5 މިނެޓް
⏱️ ފިހުމަށް: 25 މިނެޓް
⏱️ ޖުމްލަ ވަގުތު: 30 މިނެޓް
🍽️ ލިބޭނެ މިންވަރު: 11 ކޭކް

🛒 ބޭނުންވާ ތަކެތި:

ފުށްގަނޑު ތައްޔާރުކުރުމަށް:

900 ގްރާމް އަލުވި (ތޮށި މަށާފައި)
2/3 ޖޯޑު ޕޮޓޭޓޯ ސްޓާޗް ނުވަތަ ކޯން ފްލާ
1 ސައިސަމުސާ ލޮނު
ރަހަލާވަރަށް އަސޭމިރުސް

ފުރުމަށާއި ފިހުމަށް:

115 ގްރާމް ފޮންޓީނާ ޗީޒް ނުވަތަ މޮޒަރެއްލާ ޗީޒް (ކުދިކޮށް ކޮށާފައި)
ކެއްކުމަށް ބޭނުންވާނެ އޮލިވް އޮއިލް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޮޑު ތަވައަކަށް ފެން އަޅައި، އޭގެ ތެރެއަށް ސައިސަމުސަލެއްގެ ލޮނު އެޅުމަށްފަހު ފެންގަނޑު ބޮކިޖަހާވަރަށް ކައްކާށެވެ. ތޮށި މަށާފައި ހުރި އަލުވިތައް އެއްވަރަކަށް ކުދިކޮށް ކޮށާލާށެވެ. މިގޮތަށް ކޮށުމުން އަލުވިތައް އަވަހަށް އަދި އެއްވަރަކަށް މަޑުވާނެއެވެ. ކޮށާފައި ހުރި އަލުވިތައް ކެކޭ ފެންގަނޑަށް އަޅައި، ގާތްގަނޑަކަށް 10 މިނެޓް ވަންދެން ނުވަތަ އުލަކުން ހަރާލުމުން ފަސޭހައިން މަޑުވާވަރު ވަންދެން ކައްކާށެވެ.

2 – އަލުވިތަކުން ފެންފޮދު ރަނގަޅަށް ހިންދާލުމަށްފަހު ބޮޑު ތަށްޓަކަށް އޮއްސާލާށެވެ. އެއަށްފަހު އަލުވިތައް ރަނގަޅަށް މޮޑެލާށެވެ (ކުދިކުދި ގުޅަ ހުރިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ). މީގެ ތެރެއަށް ޕޮޓޭޓޯ ސްޓާޗް، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު، އަތުން ރަނގަޅަށް މޮޑެލައި، އެއްވެސް ތަނެއްގައި ނުޖެހޭ ފަދަ އޮމާން ފުށްގަނޑެއް ތައްޔާރުކޮށްލާށެވެ.

3 – ތައްޔާރުކުރި ފުށްގަނޑުން ގާތްގަނޑަކަށް ¼ ޖޯޑުގެ މިންވަރު ނަގައި، ގުޅަވަށާލުމަށްފަހު އަތްތިލަ މަތީގައި ބާއްވާ ފަތާކޮށްލާށެވެ. އޭގެ މެދުގައި 2 ނުވަތަ 3 ޗީޒް ކޮޅު ބޭއްވުމަށްފަހު، ރަނގަޅަށް ބަންދުކޮށްލާށެވެ. އެއަށްފަހު މަޑުމަޑުން ފަތާކޮށްލައި ބިސްކޯދު ބުރަކަށް ހަދާލާށެވެ.

މިވެސް ކިޔާލަން:  ކްރީމީ ގްރިލްޑް ޗިކަން ޕެނޭ ޕާސްތާ - މުނިއަވަސް ރަހަފަތް

4 – ބޮޑު ތަވައަކަށް އޮލިވް އޮއިލް ކޮޅެއް އަޅައި މެދުގިނީގައި ހޫނުކުރާށެވެ. ތައްޔާރުކުރި އަލުވި ކޭކުތައް ތަވައަށް ލައިގެން، ދެފަރާތް ރަން މުށިކުލަ އަރައި މުރަނަ ވަންދެން ކޮންމެ ފަރާތެއް 3 ނުވަތަ 4 މިނެޓް ވަންދެން ފިހެލާށެވެ. މާ އަވަހަށް ކުލަގަދަވާނަމަ ގިނި މަޑުކޮށްލާށެވެ.

5 – ފިހެ ނިމުމުން ތަވައިން ނަގައި، އެތެރޭގައި ހުރި ޗީޒްތައް ހޫނުކޮށް ހުއްޓާ ވަގުތުން ސާވްކުރާށެވެ.

މިއީ ސައިބޯ ގަޑިއަށް ނުވަތަ ލުއި ކެއުމެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ ވަރަށް މީރު އެއްޗެކެވެ. ބޭރުފުށުގެ މުރަނަކަމާއި އެތެރޭގައި ހުންނަ ދަމައިގަންނަ ޗީޒްގެ ރަހައިން މިއީ ކޮންމެ މީހަކަށްވެސް ވަރަށް ކަމުދާނެ ރެސިޕީއެކެވެ.

އިތުރު ބައެއް އިރުޝާދު:

އާދައިގެ ފުށަށްވުރެ ޕޮޓޭޓޯ ސްޓާޗް ބޭނުންކުރުމުން މީގެ ރަހަ މާ މީރުވާނެއެވެ. ނަމަވެސް ޕޮޓޭޓޯ ސްޓާޗް ނެތްނަމަ ކޯން ފްލާ ބޭނުންކުރެވިދާނެއެވެ.
ފުށްގަނޑު މާ މަޑުވިޔަ ނުދިނުމަށްޓަކައި، އަލުވިތަކުން ފެން ރަނގަޅަށް ހިންދުމަށް ސަމާލުކަން ދޭށެވެ.
މާ ގިނައިން ޗީޒް ނާޅާށެވެ. އެހެން ނޫންނަމަ ފިހާ ގަޑީގައި ކޭކު ފަޅައިގެން ގޮސް ޗީޒްތައް ބޭރުވެދާނެއެވެ.
މި ކޭކުތައް ކުރިން ތައްޔާރުކޮށްފައި ފިނިކުރަން ލާފައި ބެހެއްޓުމަށްފަހު، ކާން ބޭނުންވުމުން ފިހެލެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top