ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހެނދުނު ހޭލާއިރު ފައިތިލައިގައި ރިހެނީ ހެއްޔެވެ؟ ސަބަބކީ މިއީ ކަމަށްވެސް ވެދާނެ!

ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އަޅާ ފުރަތަމަ ފިޔަވަޅުތަކާއެކު ފައިތިލައަށް ތަދުވާނަމަ، އެއީ ފައިތިލައަށް ދިމާވާ އާންމު ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ވެދާނެއެވެ.

ހެނދުނު ހޭލާ ގަޑިއަކީ އާންމުކޮށް ގިނަ ބަޔަކަށް އުނދަގޫ ވަގުތެކެވެ. ބައެއް މީހުން ހަރަކާތްތެރިވެލުމަށް ކޮފީއެއް ބޭނުންވާއިރު، އަނެއް ބަޔަކު ހަށިގަނޑުގެ ބަނޑުހަރުކަން ފިލުވައިލުމަށް ކަސްރަތުކޮށްލަން ވަގުތުކޮޅެއް ހޭދަކުރެއެވެ.

ނަމަވެސް، ގިނަ ބަޔަކަށް ހެނދުނު ތެދުވާ ވަގުތު ކުރިމަތިވަނީ މިއަށްވުރެ ބޮޑު އުނދަގުލަކާއެވެ. އެއީ ތެދުވެ ފައި ބިމުގައި ޖައްސާލާ ވަގުތު ފައިތިލައަށް އަރާ ތަދެވެ.

މެޓްރޯ ނިއުސްގައި ޝާއިރުކޮށްފައިވާ ރިޕޯޓަކާއި، ފައިތިލައިގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ މެރިއަން ޔާއު ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ފައިތިލައަށް ދިމާވާ އަދި ފަސޭހައިން ފާހަގަނުކުރެވޭ ސިއްހީ މައްސަލައަކާ ގުޅުންހުރި ކަމެކެވެ.

މިކަން ދިމާވާ ސަބަބު
ރޭގަނޑުގެ ފުރިހަމަ އަރާމަށްފަހު ހޭލާއިރު ފައިތިލައިގައި ރިހުން ހުރުމަކީ ހައިރާންވާނެ ކަމެއް ކަމަށް ފެނުނަސް، މިއީ ސައިންޓިފިކް ސަބަބެއް އޮތް ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. “ޔޫއެންއައިއެލްއޭޑީ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ އަސްލަކީ ފައިތިލައިގެ ދަށުގައިވާ “ޕްލާންޓާ ފޭޝިއާ” ނަމަކަށް ކިޔާ ޓިޝޫ ފަށަލައެވެ.

ނިދާފައި އޮންނަ ވަގުތު ގިނަ އިރުތަކެއް ވަންދެން ފައިތިލަ އެއްވެސް ހަރަކާތެއް ނެތި އޮތުމުގެ ސަބަބުން، މި ޓިޝޫ ފަށަލަ ކުޑަކޮށް ބާރުވެ ބެދެއެވެ. އެހެންކަމުން، ހޭލައިގެން ކުއްލިއަކަށް ތެދުވެ މުޅި ހަށިގަނޑުގެ ބަރުދަން ފައިތިލައަށް ދިނުމުން، އެ ޓިޝޫތަކަށް ދެމިގެންދާ ވަގުތު ފައިތިލައިގައި ރިހުން އުފެދެނީއެވެ.

މިވެސް ކިޔާލަން:  ޙަރަމްފުޅާއި މަސްޖިދުއް ނަބަވީ ސަރަޙައްދުގައި ސަލާންޖެހުން : ރޫޙާނީ މާޙައުލަށް އެޅޭ ހިޔަންޏެއް

ބައެއް މީހުންނަށް މި ތަދު ހުންނަނީ މަދު ފިޔަވަޅުތަކަކަށެވެ. ނަމަވެސް އަނެއް ބަޔަކަށް މިއީ ކޮންމެ ދުވަހަކު އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ.

އާންމު ސިއްހީ މައްސަލައެއް
ކަމާބެހޭ މާހިރުން މި އުނދަގޫ ގުޅުވަނީ “ޕްލާންޓާ ފޭސިއޯޕަތީ” އާއެވެ. މިއީ ފައިތިލައިގެ ދަށުގައިވާ ޓިޝޫ ފަށަލައަށް ލިބޭ ގެއްލުމަކުން ނުވަތަ އެތަނަށް ބާރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

މި މައްސަލަ ދިމާވުމަށް މަގުފަހިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ހިނގާއިރު ފައިތިލަ އެތެރެއަށް މާބޮޑަށް ލެނބުން ނުވަތަ ފައިގެ ކުޑަކަޅުވާ މަސްގަނޑު މާބޮޑަށް ބާރުވެފައި ހުރުން ހިމެނެއެވެ. މީގެ ސަބަބުން ފައިތިލައަށް ކުރާ ބާރު ބޮޑުވެއެވެ.

މިއީ ގިނައިން ހަރަކާތްތެރިވެ އުޅޭ މީހުންނަށް ދިމާވާ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، ކޮންމެ އުމުރެއްގެ އަދި ކޮންމެ ދިރިއުޅުމުގެ އާދަކާދައެއް ގެންގުޅޭ މީހަކަށްވެސް މި މައްސަލަ ކުރިމަތިވެދާނެއެވެ.

ލުޔެއް ހޯދުމަށް ކުރެވިދާނެ ކަންތައްތައް
ފައިތިލައިގެ ހާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ލަފާދެއްވަނީ މިފަދަ އަލާމާތްތަކަށް ސަމާލުވުމަށެވެ. އަދި އަމިއްލައަށް ރަނގަޅުވާނެ ކަމަށް ބަލައި ފަރުވާކުޑަ ނުކުރުމަށެވެ.

ލުޔެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

– ފައިތިލައަށް ފަސޭހަ، ސަޕޯޓް ލިބޭ ފަދަ ބޫޓަށް ނުވަތަ ފައިވާނަށް ބަދަލުކުރުން.

– ފައިތިލައަށް ބާރުބޮޑުވާ ކަންތައްތަކުން ދުރުހެލިވުން.

– ގަވާއިދުން ކުޑަކަޅުވާ މަސްގަނޑާއި ފައިގެ ތަނބިކަށި ކަސްރަތުކޮށް (ސްޓްރެޗިންގ) ދެމުން ގެންދިއުން.

– ފައިތިލައިގެ ޓިޝޫތަކަށް އަރާމުކުރާނެ ވަގުތު ދިނުން.

ފައިތިލައިގެ ރިހުން ދެމިގެންދާނަމަ ނުވަތަ ދުވަހީ މަސައްކަތްތަކަށް މީގެ ސަބަބުން ހުރަސްއެޅޭނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ހެނދުނު ތެދުވާއިރު އިހުސާސްވާ ކުޑަ އުނދަގުލަކީ ފަރުވާ ނުކޮށްފިނަމަ ދާއިމީ ބޮޑު މައްސަލައަކަށް ވެދާނެ ކަމެކެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ލަޠާފާގެ "ޚަމްރާ"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top