ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަޔަންސް ތިންވަނަ ހޯދައިފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2026 ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިންވަނަ ލަޔަންސް ރެކްރިއޭޝަން ކުލަބް ހޯދައިފި އެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި ކުލަބް އެޗްޑީސީ އެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ލަޔަންސް ކާމިޔާބުކުރީ 3 ސެޓް 2 ސެޓުން ނެވެ.

މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ކުލަބް އެޗްޑީސީ އެވެ. ސެޓް ފެށިގޮތަށް ލީޑު ނަގައި އެ ލީޑުގައި އެ ޓީމުން ހިފަހައްޓާލި އެވެ. ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ލަޔަންސްއިން ނަތީޖާ ހަމަހަމަކޮށް ސެޓްގެ ފަހުކޮޅު އެޗްޑީސީއަށް ބާރުބޮޑުކުރި އެވެ. އަދި ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ނެގި އެވެ. ފަހު ވަގުތު ނެގި ލީޑާއިއެކު ލަޔަންސްއިން މި ސެޓް ކާމިޔާބުކުރީ 25-22 އިން ނެވެ.

ދެވަނަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ލަޔަންސް އެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ނެގި ލީޑާއިއެކު ލީޑު ފުޅާ ވެސް ކޮށްލި އެވެ. ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުންދިޔަ އެޗްޑީސީއަށް، ފުރަތަމަ ސެޓްގައި ދެއްކި ކުޅުން މި ސެޓްގައި ނުދެއްކުނެވެ. ފަސް ބެލުމެއް ނެތި ކުރިޔަށްދިޔަ ލަޔަންސް މި ސެޓް ކާމިޔާބު ކުރީ ފަސޭހަކަމާއިއެކު 25-17 އިން ނެވެ.

ލަޔަންސް ދެ ސެޓް ހޯދުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ގަދަވި އެވެ. ސެޓް ހޯދަން މަޖުބޫރުވި އެޗްޑީސީން، ކުރިން ދެ ސެޓްގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މި ސެޓްގައި ދެއްކި އެވެ. ސެޓް ފެށުމާއިއެކު އެ ޓީމުން ލީޑު ނަގައި ލީޑު ފުޅާކުރި އެވެ. ތިންވަނަ ސެޓް ހޯދައި ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ނުކުތް ލަޔަންސްގެ ފަރާތުން މި ސެޓްގައި ފެނުނީ ދަށް ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ލަޔަންސްއަށް އެއްވެސް ފުރުސަތެއް ނުދީ ފަސޭހަކަމާއިއެކު 25-18 އިން އެޗްޑީސީ މި ސެޓް ކާމިޔާބުކޮށް އުންމީދު އާކުރި އެވެ.

މިވެސް ކިޔާލަން:  "ތާޖް" މާރިޗުގައި

ހަތަރުވަނަ ސެޓް ވެސް ރަނގަޅަށް ފެށީ އެޗްޑީސީން ނެވެ. ސެޓް ފެށިގޮތަށް ލީޑު ނަގައި އެ ލީޑުގައި އެޗްޑީސީން ހިފަހައްޓާލި އެވެ. ނަތީޖާ ހަމަހަމަކޮށް ހަތަރުވަނަ ސެޓް ހޯދުމުގެ އުންމީދުގައި ކުޅެމުންދިޔަ ލަޔަންސްއަށް މި ސެޓްގައި ވެސް އެ ޓީމުގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވި އެވެ. ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދިޔަ އެޗްޑީސީ މި ސެޓް ކާމިޔާބު ކުރީ 25-16 އިން ނެވެ.

ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ފަސްވަނަ ސެޓްގެ ފޯރި އިތުރަށް ގަދަވި އެވެ. ގޮތް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ހަމަހަމަވި މި ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ލަޔަންސް އެވެ. އެ ޓީމުން ލީޑުގައި އޮވެ ކުޅެމުންދިޔަ ނަމަވެސް އެ ލީޑު ފުޅާކޮށްލެވޭވަރެއް ނުވި އެވެ. އެޗްޑީސީން ވެސް ރަނގަޅު ކުޅުމެއް ދެއްކި މި ސެޓް 7-7 އިން ހަމަހަމަ ވެސްވި އެވެ. ސެޓްގެ ފަހުކޮޅު އިތުރު ހިތްވަރެއްލައި ލަޔަންސްއިން ސެޓް ކާމިޔާބުކުރީ 15-12 އިން ނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top