ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަސޫހުގެ “ދީ ލޯބިން ހިތް ޔާރާ” ރިލީޒްކުރަނީ

ދިވެހި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ފަންނާނު މުޙައްމަދު ނަސޫހުގެ އައު ލަވަ “ދީ ލޯބިން ހިތް ޔާރާ” ވަރަށް އަވަހަށް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވާކަން ނަސޫހު ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީ މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

އިންސްޓަގްރާމް ސްޓޯރީގައި މި ޚަބަރު އާންމުކުރުމާއެކު، މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި މި ލަވައަށް ވަނީ ބޮޑު ތަރުޙީބަކާއި އިންތިޒާރެއް އުފެދިފައެވެ.

“ދީ ލޯބިން ހިތް ޔާރާ” އަކީ ނަސޫހުގެ އަޑުން އިވިގެންދާނެ އަސަރުގަދަ އަދި ހިތްގައިމު ލޯބީގެ ލަވައެއް ކަމަށް ބެލެވެއެވެ. މި ލަވަ ރަސްމީކޮށް އާންމުންނަށް ދޫކޮށްލާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ސްޓޯރީގައި ދީފައިވާ މައުލޫމާތަށް ބަލާއިރު ވަރަށް އަވަސް ފުރުޞަތެއްގައި ލަވަ ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ނަސޫހަކީ ފަންނުވެރި ރީތި ލަވަތަކެއް މީގެ ކުރިންވެސް ބެލުންތެރިންނާއި އަޑުއެހުންތެރިންނަށް ގެނެސްދީ، ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އެހެންކަމުން، އޭނާގެ މި އައު މަސައްކަތަށް ވެސް ގިނަ ބަޔަކު ދަނީ ކެތްމަދުކަމާއެކު އިންތިޒާރު ކުރަމުންނެވެ.

މިވެސް ކިޔާލަން:  ރިޝްމީގެ R2Z އިން އަންނަނީ ބޮޑު ކާސްޓަކާއި އެކު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން!
4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top