ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އަވަނުން ފިހެލާ ކުކުޅު ފައި – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 10 މިނެޓު
⏱️ ފިހުމަށް: 45 މިނެޓު
🍽️ ތައްޔާރުކުރެވޭނީ: 6 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

12 ކުކުޅު ފައި
2 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
ތެޔޮ ސްޕްރޭ

މަސާލާ ތައްޔާރުކުރުމަށް:

3 ސައިސަމުސާ ގާލިކް ޕައުޑަރު
3 ސައިސަމުސާ އަނިއަން ޕައުޑަރު
5 ސައިސަމުސާ ސްމޯކްޑް ޕެޕްރިކާ
2 ސައިސަމުސާ އަސޭމިރުސް
1 ½ ސައިސަމުސާ ލޮނު
4 ½ މޭޒުމަތީ ސަމުސާ ފުށް (އޯލް ޕާޕަސް ފްލާ)
3 ސައިސަމުސާ ބޭކިންގް ޕައުޑަރު

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 200 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. ޓްރޭގައި ފޮއިލް އެޅުމަށްފަހު، އޭގެ މަތީގައި ރެކެއް ބާއްވާށެވެ (މީގެ ސަބަބުން ކުކުޅު ފައިގެ ދަށަށް ވެސް ހޫނުވެ، ރަނގަޅަށް މުރަނަ ވާނެއެވެ.)

2 – މަސާލާ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.

3 – ކުކުޅު ފައިތަކުގައި އޮލިވް އޮއިލް އުނގުޅާލާށެވެ. ކުކުޅުގެ ހަންގަނޑު ރަނގަޅަށް ދަމާލައި، މަސްގަނޑު އެއްކޮށް ނިވާވާނޭހެން ބާއްވާށެވެ.

4 – ކުކުޅު ފައިތަކުގައި ތައްޔާރުކުރި މަސާލާ ރަނގަޅަށް އުނގުޅުމަށްފަހު، އިތުރަށް ހުންނަ ފުށްތައް ފޮޅާލާށެވެ. އެއަށްފަހު ޓްރޭގައި ހުރި ރެކްގެ މަތީގައި އަތުރާލާށެވެ.

5 – ކުކުޅު ފައިތަކުގެ މައްޗަށް ތެޔޮ ސްޕްރޭއިން ރަނގަޅަށް ތެޔޮ ޖަހާލާށެވެ.

6 – 30 މިނެޓު ވަންދެން އަވަނުން ފިހާށެވެ. ބައިގަޑިއިރު ވުމުން ޓްރޭ އަނބުރާލާށެވެ. އެއަށްފަހު އަވަނުގެ ހޫނުމިން 220 ޑިގްރީ ސެލްސިއަސްއަށް މަތިކޮށް، އިތުރު 15 މިނެޓު ވަންދެން ނުވަތަ ކުކުޅުގެ ބޭރު ހަންގަނޑު ރަނގަޅަށް މުރަނަވަންދެން ފިހާށެވެ.

މިވެސް ކިޔާލަން:  ކްރީމީ ގްރިލްޑް ޗިކަން ޕެނޭ ޕާސްތާ - މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top