ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކްރައިމް ޕެޓްރޯލް” ހުށަހަޅައިދޭން އަޖޭ ދޭވްގަން އެއްބަސްވި ސަބަބު ހާމަކޮށްފި
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާރު އަޖޭ ދޭވްގަން، މަޤުބޫލު ޓީވީ ޝޯވ “ކްރައިމް ޕެޓްރޯލް” ގެ ޚާއްސަ ހޯސްޓެއްގެ ގޮތުގައި ފެންނަން ތައްޔާރުވެއްޖެއެވެ.

މި ޝޯވއާ ގުޅޭގޮތުން ވާހަކަދައްކަމުން އަޖޭ ބުނީ، މި ޝޯވ ހުށަހަޅައިދޭން އެއްބަސްވި އެންމެ ބޮޑު ސަބަބަކީ މި ޝޯވގައި ދައްކުވައިދޭ ވާހަކަތަކަކީ ހަޤީޤީ ކުށްތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ވާހަކަތަކަކަށް ވާތީ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔޭގައި ހިނގާ ބައެއް ކަންކަމަކީ ހައިރާންވާ ފަދަ ސިހުން ގެނުވާ ކަންތައްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، މިފަދަ ކުށްތައް ހޯދައި ތަހުޤީޤު ކުރުމަށް ސަލާމަތީ ބާރުތަކުން ކުރާ ބުރަ މަސައްކަތާއި ހިތްވަރު މި ޝޯވއިން ފެނިގެންދާކަން އަޖޭ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި މި ޝޯވއަކީ ހަމައެކަނި ޝައުޤުވެރި ވާހަކަތަކެއް ކިޔައިދިނުމުގެ އިތުރުން، ބަލުންތެރިންގެ ލޯތައް ހުޅުވައިދީ، ހޭލުންތެރިކަން އިތުރުކޮށްދޭނެ ޝޯވއެކެވެ. އަދި އެއްވެސް މީހަކަށް ލޯމަރާލާފައި އިތުބާރު ނުކުރުމަށާއި، ކަންކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް މި ޝޯވގެ ސަބަބުން ހަނދާންކޮށްދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި އާ ދައުރުގައި އަޖޭ ގެނެސްދޭނީ ހަޤީޤީ ހާދިސާތަކުގެ މައްޗަށް އެކުލެވޭ ވާހަކަތަކާއި، އެ ކަންކަން ހިނގަން މެދުވެރިވި ސަބަބުތަކުގެ އިތުރުން މައްސަލަތައް ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލެވެ. ޚަބަރުތައް ބުނާގޮތުން އަޖޭ ވަނީ މިހާތަނަށް މި ޝޯވގެ 15 އެޕިސޯޑެއްގެ ޝޫޓިން ނިންމާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ އިތުރު އެޕިސޯޑުތައް ހުށަހަޅައިދޭނީ ބެލުންތެރިންގެ ތަރުހީބާއި ޝޯވގެ ޓީއާރުޕީ ރޭޓިންގއަށް ބެލުމަށްފަހުގައެވެ. މި ސީޒަންގެ އިތުރު އެޕިސޯޑުތައް ހުށަހަޅައިދޭނީ މަޝްހޫރު އެކްޓަރު ރާޖޭޝް ތައިލަންގެވެ.

މިވެސް ކިޔާލަން:  ސަޅިބައިސާ އިން ނުފެންނަ ކެރެކްޓަރ އަކާއެކު "ޖޯކަރު" މިރޭ ރިލީޒްކުރަނީ

“ކްރައިމް ޕެޓްރޯލް: ކްރައިމް ކާ ކަރަންޓް” ސީޒަން ދައްކަން ފަށާނީ މިރޭ 10:30 ގައި ސޮނީ ޓީވީ އަދި ސޮނީލިވް މެދުވެރިކޮށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top