ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ތޫ ދަރްތީ ޕޭ ޗާހޭ ޖަހާން ބީ ރަހޭގީ – ދިމާނަ
މުނިއަވަސް ގްރެފިކްސް

މިއީ ކުމާރު ސާނޫ އަދި އަލްކާ ޔަގްނިކްގެ ޖާދުވީ އަޑުން ކިޔާފައިވާ ވަރަށް އަސަރުގަދަ ލޯބީގެ ލަވައެކެވެ. މިއީ 1996 ވަނަ އަހަރުގެ ހިންދީ ފިލްމު “ޖީތު” ގެ ލަވައެކެވެ. ސަމީރުގެ ޅެންވެރިކަން ހިމެނޭ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ނަދީމް-ޝްރަވަން އެވެ.

ފިލްމާއި އެއްވަރަށް ލަވަތައްވެސް މަޝްހޫރުވި މި ފިލްމަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. ސަނީ ޑިއޯލް، ކަރިސްމާ ކަޕޫރު އަދި ސަލްމާން ޚާން މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ރާޖް ކަންވަރުގެ ޑައިރެކްޝަނެކެވެ. ޕްރޮޑިއުސްކުރީ ސާޖިދު ނާދިއަޑްވާލާ އެވެ.

މި ލަވައިގެ އެހެން ވާޝަނެއްވެސް ރިލީޒްކޮށްފައިވެއެވެ. މި ވާޝަން ކިޔާފައިވަނީ ވިނޯދު ރާތޯޅް އާއި އަލްކާ ޔަގްނިކް އެވެ. ނަމަވެސް ފިލްމުގައި އަދި ލަވަ އަލްބަމްގައި ހިމަނާފައިވަނީ ކުމާރު ސާނޫ ކިޔާފައިވާ ވާޝަނެވެ. މި ލަވައިގެ ވީޑިއޯގައި ފެނިގެންދަނީ ސަނީ ޑިއޯލް އާއި ކަރިސްމާ ކަޕޫރެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ތޫ ދަރްތީ ޕޭ ޗާހޭ ޖަހާން ބީ ރަހޭގީ، ތުޖޭ ތޭރީ ޚުޝްބޫ ސޭ ޕެހެޗާން ލޫންގާ

ކަލާ މި ބިމުގެ ކޮންމެ ތަނެއްގައި ހުއްޓަސް، ކަލާގެ ހަށިގަނޑުން ދުވާ މީރުވަހުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް،

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން، ތުޖޭ ތޭރީ ދަޅްކަން ސޭ ޕެހެޗާން ލޫންގާ

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް، ކަލާގެ ހިތުގެ ތެޅުމުގެ އަޑުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

މިވެސް ކިޔާލަން:  ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ - ދިމާނަ

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

ތޫ ދަރްތީ ޕޭ ޗާހޭ ޖަހާން ބީ ރަހޭގާ، ތުޖޭ ތޭރީ ޚުޝްބޫ ސޭ ޕެހެޗާން ލޫންގީ

ކަލާ މި ބިމުގެ ކޮންމެ ތަނެއްގައި ހުއްޓަސް، ކަލާގެ ހަށިގަނޑުން ދުވާ މީރުވަހުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް،

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން، ތުޖޭ ތޭރީ ދަޅްކަން ސޭ ޕެހެޗާން ލޫންގީ

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް، ކަލާގެ ހިތުގެ ތެޅުމުގެ އަޑުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

*****

ބަޅާ ސުކޫން ހޭ މޭ، ދިލް ސެ ތުމްޕެ މަރްތީ ހޫން

އަހަރެން އިޚްލާޞްތެރިކަމާއެކު ކަލާދެކެ ލޯބިވާތީ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބެއެވެ.

މޭ އަބް ކިސީސޭ ނެހީ، ބަސް ޚުދީ ސޭ ޑަރްތީ ހޫން

މިހާރު އަހަރެން އެހެން އެއްވެސް މީހަކުދެކެ ބިރެއް ނުގަނެއެވެ. ބިރުގަންނަނީ ހަމައެކަނި އަމިއްލަ ނަފްސު ދެކެއެވެ.

ކިޔާ ޖޯ ޕިޔާރް ތޮ ޕިރް، ދޫރް ސޭ މަޗަލްނާ ކިޔާ

މިވެސް ކިޔާލަން:  ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ – ދިމާނަ

ލޯބިވުމަށްފަހު ދުރުގައި ހުރެގެން ތަހައްމަލުކުރަންވީ ކީއްވެ ހެއްޔެވެ؟

ތަޅަޕް ކެ ޝާމޯ ސެހެރް، ކަރްވަޓޭ ބަދަލްނާ ކިޔާ

ކެތްތެރިކަން ކުޑަވެ، ރެޔާއި ދުވާލު ފުރޮޅި ފުރޮޅި އޮންނަންވީ ކީއްވެ ހެއްޔެވެ؟

މެރެ ޖާނޫ މެރެ ޖާނަމް، ޖާނެމަން ޖާނޭ ޖާނާ

އަހަރެންގެ ލޯބިވާ ރޫޙީ ބައިވެރިޔާއެވެ.

ޖޯ ގުޒްރޭގީ ތޫ މެރީ ރެހެގުޒަރް ސޭ

އަހަރެން ހިނގާ މަގުން ކަލާ ހިނގާފައި ދާނަމަ،

ޖޯ ގުޒްރޭގީ ތޫ މެރީ ރެހެގުޒަރް ސޭ، ތުޖޭ ތޭރީ އާހަޓް ސޭ ޕެހެޗާން ލޫންގާ

އަހަރެން ހިނގާ މަގުން ކަލާ ހިނގާފައި ދާނަމަ، ކަލާގެ ފިޔަވަޅުގެ އަޑުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

*****

އާ ބެއިޓް ޕާސް ތެރީ، ރޫހް މޭ އުތަރް ޖާއޫން

އައިސް އަހަރެންގެ ކައިރީގައި އިށީނދެބަލާށެވެ. ކަލާގެ ރޫޙުގެ ތެރެއަށް އަހަރެން ފޭދިގެން ދިޔަދޭށެވެ.

ނަޒަރް ކޭ ޕާސް ރަކޫން، ހަދް ސެ މޭ ގުޒަރް ޖާއޫން

ލޮލުގެ ކުރިމަތީގައި ބަހައްޓައިގެން، ލޯބީގެ ހުރިހާ އިންތަކެއް ހުރަސްކޮށް ދިޔަދޭށެވެ.

ނަޒަރް ކާ ތީރް ހަޓާ، ޔޫން ޖިގަރް ކެ ޕާރް ނަ ކަރް

ތިޔަ ތޫނު ނަޒަރުން އަހަރެންގެ ހިތް ފޫއަޅުވާނުލާށެވެ.

މޭ ބޭކަރާރް ބޮހޮތު، އޯރް ބޭކަރާރް ނަ ކަރް

މިވެސް ކިޔާލަން:  މޭ ދުނިޔާ ބުލާ ދޫންގާ - ދިމާނަ

އަހަރެން މިހާރުވެސް މިހުރީ ވަރަށް ބޮޑަށް ބޭޤަރާރުވެފައެވެ. އިތުރަށް އަހަރެން ބޭޤަރާރު ނުކުރާށެވެ.

މެރެ ޖާނޫ މެރެ ޖާނަމް، ޖާނެމަން ޖާނޭ ޖާނާ

އަހަރެންގެ ލޯބިވާ ރޫޙީ ބައިވެރިޔާއެވެ.

ކަބީ ޗުޕްކެ ލޭގާ ޖޯ އާގޯޝް މޭ ތޯ

އެއްވެސް މީހަކަށް ނޭނގި ސިއްރުސިއްރުން ކަލާ އަހަރެން ކައިރިއަށް އަތުވެއްޖެނަމަ،

ކަބީ ޗުޕްކެ ލޭގާ ޖޯ އާގޯޝް މޭ ތޯ، ތުޖޭ ތޭރީ ޗާހަތު ސޭ ޕެހެޗާން ލޫންގީ

އެއްވެސް މީހަކަށް ނޭނގި ސިއްރުސިއްރުން ކަލާ އަހަރެން ކައިރިއަށް އަތުވެއްޖެނަމަ، ކަލާގެ ލޯބީގެ އިޙުސާސުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

ތޫ ދަރްތީ ޕޭ ޗާހޭ ޖަހާން ބީ ރަހޭގާ، ތުޖޭ ތޭރީ ޚުޝްބޫ ސޭ ޕެހެޗާން ލޫންގާ

ކަލާ މި ބިމުގެ ކޮންމެ ތަނެއްގައި ހުއްޓަސް، ކަލާގެ ހަށިގަނޑުން ދުވާ މީރުވަހުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް،

އަގަރް ބަންދު ހޯ ޖާޔޭނގީ މޭރީ އާނކޭން، ތުޖޭ ތޭރީ ދަޅްކަން ސޭ ޕެހެޗާން ލޫންގީ

އަހަރެންގެ ދެލޯ މަރާލެވިފައިވީ ނަމަވެސް، ކަލާގެ ހިތުގެ ތެޅުމުގެ އަޑުން އަހަރެން ކަލާ ފާހަގަކުރާނަމެވެ.

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

ހަމްކޯ ތުމްސޭ ޕިޔާރް ހުއާ ހޭ، ޖީނާ ދުޝްވާރް ހުއާ ހޭ

އަހަންނަށް ކަލާދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އަދި ކަލާޔާނުލައި ދިރިއުޅުން ދަތި އުނދަގޫ ކަމަކަށް ވެއްޖެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top