ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“ސަލައިވަރީ ސްޓޯން” ނުވަތަ ކުޅު އުފައްދާ ގްލޭންޑްގައި އުފެދޭ ހިލަ
ވިމަންސް ހެލްތު- އެފްބީ

ދޫދަށުން ފެންނަ ހަރު ނުވަތަ ފަނޑު ކުލައެއް ހުންނަ ކުޑަ ގޮށަކީ, ފާރެއް ނުވަތަ ހިރުވުމެއް ކަމަށް ހީވި ނަމަވެސް، މިއީ ބައެއް ފަހަރު ކުޅު ހޮޅީގައި އުފެދޭ ހިލައަކަށް ވެދާނެއެވެ. މިއީ ކުޅު ދައުރުވުމަށް ހުރަސްއަޅާ، މަޢުދަންތައް ގަނޑުވެގެން އުފެދޭ އެއްޗެކެވެ.

އެމެރިކާގެ ކްލީވްލޭންޑް ކްލިނިކުން 15 ޑިސެމްބަރު 2025 ގައި އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިފަދަ ގިނަ ހިލަ އުފެދެނީ ދަތްދޮޅީގެ ތިރީގައި ހުންނަ ސަބްމަންޑިބިއުލަރ ގްލޭންޑްތަކުގައެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ދޫދަށުން ގޮށް ފެނުމާއި، ދަތްދޮޅި ދުޅަވުމާއި، ކާއެއްޗެހި ދިރުވަން އުނދަގޫވުމުގެ އިތުރުން ކާގަޑިތަކުގައި އިތުރަށް ރިއްސުން ހިމެނެއެވެ.

ޔޫކޭގެ އެން.އެޗް.އެސް އިން ފާހަގަކުރާ ގޮތުގައި، މި ހިލަތަކަކީ އަބަދު ލޮލަށް ފެންނަން ހުންނަ އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް، ކުޅު ދައުރުވުމަށް ހުރަސްއެޅުމުގެ ސަބަބުން ބޮޑަށް ދުޅަވެ، ގަދަޔަށް ރިއްސުން އެކަށީގެންވެއެވެ. އަދި އިންފެކްޝަން އުފެދިއްޖެ ނަމަ ރަތްވުމާއި، ދޮސްގަތުމާއި، ރިހުން ގޯސްވުމުގެ އިތުރުން ހުން އައުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.

މިއީ ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ނުވަތަ ކެލްސިއަމްގެ މިންވަރު ހުންނަގޮތުން ދިމާވާ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެކަން ސާބިތުކުރެވޭނެ އެކަށީގެންވާ ހެކި ނެތް ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އެން.އެޗް.އެސް އިން ބަޔާންކުރާ ގޮތުގައި މިފަދަ ހިލަ އުފެދެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އަދި މިއީ އާންމުކޮށް ސިއްޙީ އެހެން ބަލިތަކާ ގުޅުންހުރި ކަމެއްވެސް ނޫނެވެ.

މިކަމަށް ފަރުވާ ދެނީ ހިލައިގެ ބޮޑުމިނަށާއި ހުރި ތަނަކަށް ބަލައިގެންނެވެ. ގިނައިން ފެން ބުއިމާއި، މަޑުމަޑުން މަސާޖުކުރުމުގެ އިތުރުން، ހަކުރު ނުހުންނަ ފޮނިކާ އެއްޗެހި ބޭނުންކޮށްގެން ކުޅު އުފައްދާ މިންވަރު އިތުރުކުރުމަކީ ކުދި ހިލަތައް ބޭރުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ނަމަވެސް، ބޮޑެތި ނުވަތަ ބޭރުނުވާ ހިލަތައް ނެގުމަށް ސިއްޙީ މާހިރެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. “ބްރިޓިޝް ޖަރނަލް އޮފް އޯރަލް އެންޑް މެކްސިލޯފޭޝަލް ސަރޖަރީ” ގެ 2025 ވަނަ އަހަރުގެ ރިވިއުއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، “ސިއަލެންޑޮސްކޯޕީ” ފަދަ ޒަމާނީ ފަރުވާތަކުގެ އެހީގައި، ގްލޭންޑަށް ގެއްލުން ނުލިބޭ ގޮތަށް މި ހިލަތައް ނެގިދާނެއެވެ.

ދޫދަށުގައި ހުންނަ ގޮށް ނުފިލައި ހުރުން، ކާގަޑިތަކުގައި ތަކުރާރުކޮށް ދުޅަވުން، ދޮސްގަތުން، ގަދަޔަށް ރިއްސުން ނުވަތަ ހުން އައުން ފަދަ ކަމެއް ދިމާވާނަމަ، އަމިއްލައަށް އެ ނަގަން މަސައްކަތް ނުކޮށް، ޑޮކްޓަރެއްގެ ނުވަތަ ދަތުގެ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top