ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރިތުވިރާޖްގެ އާ ބިރުވެރި ފިލްމު “އޮޑިޔަން” ގެ ޝޫޓިން ފަށައިފި
ގޫގަލް

މަލަޔާޅަމް ސިނަމާގެ މަޝްހޫރު ތަރި ޕްރިތުވިރާޖް ސުކުމާރަން އަދި މަންޖޫ ވާރިއަރ މުހިންމު ރޯލުތަކުން ފެނިގެންދާ އާ ހޮރޯ-މިސްޓްރީ ފިލްމު “އޮޑިޔަން: ދި އޭޖް އޮފް އިލޫޝަން” ގެ ޝޫޓިން ރަސްމީކޮށް ފަށައިފިއެވެ.

ރާހުލް ސަދާސިވަން ޑައިރެކްޓްކުރާ މި ފިލްމަކީ ޕްރިތުވިރާޖް ޕްރޮޑަކްޝަންސް އަދި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މިއީ މި ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި ޕްރިތުވިރާޖަކީ މި ފިލްމުގެ ކޯ-ޕްރޮޑިއުސަރެއްވެސް މެއެވެ.

19 ވަނަ ޤަރުނުގެ ކެރެލާގެ ވެށްޓަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ފެނިގެންދާނީ އެ ސަރަހައްދުގެ ގަދީމީ ވާހަކަތަކާއި، ސަގާފީ ކަންކަމުގެ އިތުރުން ޖާދޫ އާއި ރޫހާނީ ކަންތައްތަކެއް އެކުލެވިގެންވާ އަސަރުގަދަ ވާހަކައެކެވެ. ފިލްމުގެ ލީޑް ކާސްޓް އިޢުލާނު ކުރި ނަމަވެސް، ފިލްމުގެ ވާހަކަ އަދި ތަރިން ކުޅޭ ކެރެކްޓާތަކުގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިންވެސް ޑައިރެކްޓަރު ރާހުލް ސަދާސިވަން ވަނީ “ބޫތަކާލަމް” އަދި “ބްރަމަޔުގަމް” ފަދަ ކާމިޔާބު ބިރުވެރި ފިލްމުތައް ގެނެސްދީފައެވެ.

މި ފިލްމުގެ މަސައްކަތް ފަށާފައި މިވަނީ، ޕްރިތުވިރާޖްގެ އެންމެ ފަހުގެ އެކްޝަން ފިލްމު “ޚަލީފާ” ސިނަމާތަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ކަރީނާ ކަޕޫރާއެކު އޭނާ ފެނިގެންދާ މޭގްނާ ގުލްޒާރުގެ ހިންދީ ފިލްމު “ދާއިރާ” މި ހިނގާ ސެޕްޓެމްބަރު މަހުގެ 18 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އެސްއެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމު “ވާރާނަސީ” ގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ.

މިވެސް ކިޔާލަން:  "އޮޑިޔަން" އާއެކު މަލަޔާޅަމް ސިނަމާއަށް ކަރަން ޖޯހަރް ނިކުމެއްޖެ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top