ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފައްދާ އަސަރުގަދަ ލޯބީގެ އައު ފިލްމު “މަޖުނޫން” ގެ ރަސްމީ ޕޯސްޓަރާއި ޓީޒަރ ރަސްމީކޮށް އާއްމުކޮށްފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 15 ވީ އަންގާރަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި މި ފިލްމުގެ ދެ ޕޯސްޓަރެއް ވަނީ ނެރެދީފައެވެ. އެ ޕޯސްޓަރުތައް ނެރެދިނީ، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާޠިމަތު ނަހުލާ (ނަހޫ) މީގެ ކުރިން ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ނިޢުމާ މުޙައްމަދާއި ޝީލާ ނަޖީބެވެ.
@muniavas MAJUNOON Film ge Poster adhi Teaser Release kurumuge event @Crystal Entertainment @Fathimath Nahula @neumamohamed77 @Shiela Najeeb Event coverage by @Shiru @aishathshirani ♬ original sound – MUNIAVAS
މީގެ އިތުރުން، ބެލުންތެރިން އެންމެ އިންތިޒާރުކުރަމުން ދިޔަ ފިލްމުގެ ޓީޒަރ ނެރެދިނީ ނަހޫގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ކަލާޔާނުލާ” ގެ ލީޑް ރޯލު ކުޅެ، ދިވެހި ސިނަމާގެ ބެލުންތެރިންގެ ހިތުގެ ރާނީ، ކުރީގެ މަޝްހޫރު ބަތަލާ، ޢާއިޝަތު ޝިރާނީއެވެ.
މި އިވެންޓްގައި ފިލްމުގެ ކާސްޓުންނާއި، ޓެކްނިކަލް ޓީމުގެ މެންބަރުންގެ އިތުރުން ލަވަކިޔުންތެރިންނާއި ދިވެހި ފިލްމީ ދާއިރާގެ ފުންނާބުއުސް ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.
@muniavas MAJUNOON Film ge Poster adhi Teaser Release kurumuge event @Crystal Entertainment @Fathimath Nahula @neumamohamed77 @Shiela Najeeb @Dhon Ayya Event Coverage By @Shiru @aishathshirani ♬ original sound – MUNIAVAS
ފާޠިމަތު ނަހުލާގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ “މަޖުނޫން” އަކީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ރޭގެ އިވެންޓުގައި ވާހަކަދައްކަމުން ނަހުލާ ވަނީ މި ފިލްމު އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށްޓަކައި ޑައިރެކްޓަރު ފައިސަލް އަދި ފިލްމުގައި ހިމެނޭ ހުރިހާ ތަރިންނާއި ކުރޫއިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.
ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ “މަޖުނޫން” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2026 ގައެވެ.
ފިލްމު “މަޖުނޫން” ގެ ބޮޑު ހަރަކާތެއް، ޖާގަބޮޑު މާހައުލެއްގައި މިމަހު 22 ގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ނަހުލާ ބުނެއެވެ.

