ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވި” ފިލްމުގެ ފުރަތަމަ މޭކިން ވީޑިއޯއިންވެސް ފިލްމު ބެލުމަށް އިތުރަށް ދެވިހިއްޕާލައިފި

ދިވެހި ސިނަމާއަށް އަންނަން އޮތް އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ “ދެވި” އުފެއްދުމުގެ ފަހަތުގައިވާ ބުރަ މަސައްކަތްތައް ދައްކުވައިދޭ މޭކިން ވީޑިއޯ ސިލްސިލާގެ ފުރަތަމަ އެޕިސޯޑް އާންމުކޮށް، ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން އިތުރަށް ބޮޑުކޮށްލައިފިއެވެ.

މި މަހުގެ 15 ވީ އާދީއްތަ ދުވަހުގެ ރޭ “ދެވި“ގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ދޫކޮށްލި މި ވީޑިއޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ދެވި: ބިހައިންޑް ދަ ފިއާރ”ގެ ނަމުގައި ރޭ ގެނެސްދިން އެޕިސޯޑުން ފެނިގެންދަނީ މި ބިރުވެރި ފިލްމު ވުޖޫދަށް ގެނައުމަށް ކުރެވުނު އެންމެ ފުރަތަމަ މަސައްކަތްތަކެވެ. ކެމެރާގެ ކުރިމައްޗަށް ބިރުވެރިކަން ގެނައުމުގެ ކުރިން، ޚިޔާލެއްގެ ގޮތުގައި އޮތް މި ވާހަކަ ހަގީގަތަކަށް ހެދުމަށް ޓީމުން ކުރި ބުރަ މަސައްކަތާއި، އެންމެ ކުރީކޮޅުގެ ތައްޔާރީތަކުގެ އިތުރުން ނުވާނެ ކަމަށް ހީވި ކަންކަން ހަގީގަތަކަށް ހެދި ގޮތް މި ވީޑިއޯއިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

މީގެއިތުރުން، ކެމެރާގެ ލެންސުން މަންޒަރުތައް ރާވާލި ގޮތާއި ޑައިރެކްޓަރުގެ ތަސައްވުރު ސްކްރީނަށް ގެނައުމަށް ކުރި ދަތުރުގެ މުހިންމު ބައިތަކެއް މި އެޕިސޯޑުގައި ވަނީ ހިމަނާފައެވެ. “ދަ ބިގިނިންގް”، “ބިލްޑިންގް ދަ އިމްޕޮސިބަލް”، “ތްރޫ ދަ ލެންސް” އަދި “އަ ޑައިރެކްޓަރ އިޒް ބޯން” ފަދަ މުހިންމު ބައިތަކަށް އަލިއަޅުވާލާފައިވާ މި ވީޑިއޯއާއެކު، ބެލުންތެރިންގެ މެދުގައި ފިލްމު ބަލާލުމަށް އޮތް ކެތްތެރިކަން ކުޑަވެ، ފިލްމަށް އޮތް އިންތިޒާރު މިވަނީ އިތުރަށް ވަރުގަދަވެފައެވެ.

މިވެސް ކިޔާލަން:  މިފަހަރު ޢީދު ޝޯއަށް އެންމެ ވަރުގަދަ ގްރޫޕަކީ މިއީ!

ފިލްމުގެ ޓިކެޓަށް ބާރުބޮޑުވެފައިވާ މި ފިލްމުގެ އިތުރު ޝޯތަކެއް އޮކްޓޫބަރު 6،5 އަދި 7ގައި ވެސް ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަމުން އަންނައިރު، އޮންލައިންކޮށް ބުކް ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން 7424544 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

ފުރަތަމަ އެޕިސޯޑް ލިންކް: https://www.facebook.com/share/v/1DandFvsdp/

ޔާރާ ޕްރޮޑަކްޝަންސްގެ ދެވި އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ގިނަ ތަރިންތަކެއް އެކުގައި ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ލީޑް ރޯލުން ފެންނަ މަރިޔަމް އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) މި ފިލްމުން ފެނިގެންދާނެއެވެ.

ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމަކީ ޙުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top