ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހޫގެ “މަޖުނޫން” އަށް ޕޯސްޓަރު ހެދުމުގެ މުބާރާތެއް ހުޅުވާލައިފި

ދިވެހި ސިނަމާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ކުރިއަށް އޮތް ފިލްމު “މަޖުނޫން” އަށް ޕޯސްޓަރު ޑިޒައިން ކުރުމުގެ ޚާއްޞަ މުބާރާތެއް އާންމުކޮށް ހުޅުވާލައިފިއެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ، ގްރެފިކް ޑިޒައިނަރުންނާއި އުފެއްދުންތެރި ހުނަރުވެރިންގެ ފަންވަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ އެންމެ މޮޅެތި ޑިޒައިންތަކަށް، “މަޖުނޫން”ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުން ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން 1 ވަނަ ޕޯސްޓަރަށް 5000ރުފިޔާ، 2 ވަނަ ޕޯސްޓަރަށް 3000ރުފިޔާ އަދި 3ވަނަ ޕޯސްޓަރަށް 2000ރުފިޔާގެ ފައިސާގެ އިނާމެއްވެސް ލިބިގެންދާނެއެވެ.

މުބާރާތުގައި ބައިވެރިވާނެ ގޮތް:

1- ފޮލޯކުރުން: ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ޓިކްޓޮކް އެކައުންޓް (@crystalentertainmentmv) އަދި ފޭސްބުކް ޕޭޖް (Majunoon The Movie) ފޮލޯކުރުން.

2- ރިކުއެސްޓް ފޮނުވުން: ޓިކްޓޮކް އެކައުންޓަށް އިންބޮކްސް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދި މެސެޖު ކުރުން.

3- ރިކުއެސްޓް ބަލައިގަތުމަށްފަހު، ޕޯސްޓަރު ހެދުމަށް ބޭނުންވާ ފޮޓޯތަކާއި ތަކެތި ހިމެނޭ ގޫގުލް ޑްރައިވް ލިންކެއް ކްރިސްޓަލް އެންޓަޓެއިންމަންޓުން ފޮނުވާނެއެވެ.

މި މުބާރާތަށް ޕޯސްޓަރު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެމްބަރު 2026 ގެ ރޭގަނޑު 11:59 އެވެ.

ވަނަތައް ހޮވާނެ އުސޫލު:

މުބާރާތަށް ހުށަހަޅާ ހުރިހާ ޕޯސްޓަރެއްވެސް ފިލްމުގެ ރަސްމީ ޓިކްޓޮކް އަދި ފޭސްބުކް ޕޭޖުގައި ޝާއިއުކުރާނެއެވެ. މި މުބާރާތުން އެންމެ މޮޅު 3 ޕޯސްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ:

– ސޯޝަލް މީޑިއާގެ ލައިކްސް އަދި ޝެއާ އަށް: 75 އިންސައްތަ މާކްސް

މިވެސް ކިޔާލަން:  “މަޖުނޫން” ގެ ފުރަތަމަ ޝޯގެ ޓިކެޓް ރިޒާވްކޮށްދިނުމަށް ގިނަ ބަޔަކު މެސެޖުކުރަން ފަށައިފި

– “މަޖުނޫން” ގެ ޖަޖުންގެ ޕެނަލަށް: 25 އިންސައްތަ މާކްސް

ވަނަތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޫބަރު ގައެވެ.

މިއީ ރާއްޖޭގެ ޑިޒައިނަރުންނަށް އެމީހުންގެ ހުނަރު ފުޅާ ދާއިރާއެއްގައި ދައްކާލުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top