ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގޯލްމާލް 5 ” ރިލީޒްކުރާނީ ޖެނުއަރީ 2027 ގައި
ގޫގަލް

ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒްގެ އިންތިޒާރުކުރެވެމުންދާ ފިލްމު “ގޯލްމާލް 5” ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ތާރީޚަކީ 8 ޖެނުއަރީ 2027 ކަމަށް އިޢުލާނުކޮށްފިއެވެ. މި ޚަބަރު އާންމުކޮށްފައިވަނީ ފިލްމުގެ މައިގަނޑު ކާސްޓް ހިމެނޭ މަޖާ މޯޝަން ޕޯސްޓަރަކާ އެކުގައެވެ.

މީގެ ކުރިން ނުކުތް “ގޯލްމާލް ރިޓާންސް” (2008)، “ގޯލްމާލް 3” (2010)، އަދި “ގޯލްމާލް އެގެއިން” (2017) ފަދަ ފިލްމުތައް ދިވާލީގެ ބޮޑު ޗުއްޓީއާ ދިމާކޮށް ރިލީޒްކުރި ނަމަވެސް، މި ފަހަރުގެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އެފަދަ ބޮޑު ފެސްޓިވަލަކާ ނުލައެވެ. ބޮލީވުޑް ހަންގާމާއިން ހާމަކޮށްފައިވާ ގޮތުގައި، 8 ޖެނުއަރީގެ ތާރީޚު ޑައިރެކްޓަރު ރޯހިތު ޝެޓީ ޚިޔާރުކުރީ ވަރަށް ބޮޑަށް ވިސްނުމަށްފަހު، ޚާއްސަކޮށް ގުޖުރާތު މާކެޓަށް އަމާޒުކޮށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ޖެނުއަރީ މަހު މި ފިލްމު ނެރުމުގެ ވިސްނުން ރޯހިތު ޝެޓީ ގެންގުޅޭތާ އެތައް މަހެއް ވެއްޖެ ކަމަށެވެ. އޭނާ ދެކޭގޮތުގައި ޑިސެމްބަރު މަހު ނުކުންނަ ބޮޑެތި ފިލްމުތައް ކަމަށްވާ “ކިންގް” އަދި “އެވެންޖާސް: ޑޫމްސްޑޭ” ފަދަ ފިލްމުތައް ބަލައި ނިމުމުން، ޖެނުއަރީ 8 އާ ހަމައަށް ދާއިރު ސިނަމާތަކަށް އާ ފިލްމެއް ބަލަން ބެލުންތެރިން ތިބޭނީ ތައްޔާރަށެވެ. މީގެ އިތުރުން، ރޯހިތު ޝެޓީގެ ފިލްމުތަކަކީ އަބަދުވެސް ގުޖުރާތުގައި އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ހޯދާ ފިލްމުތަކެކެވެ.

މި ތާރީޚު ޚިޔާރުކުރުމުގައި ގުޖުރާތުގައި ފާހަގަކުރާ “މަކަރަ ސަންކްރާންތީ” ޗުއްޓީ ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން 14 ޖެނުއަރީ އަދި 15 ޖެނުއަރީއަކީ އެ ސްޓޭޓުގައި ބޮޑު ޗުއްޓީ ދުވަސްވަރަކަށް ވާތީ، ފިލްމު ރިލީޒްކުރާ ދެވަނަ ހަފުތާގައި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުފައްދާ ފަރާތްތަކުން ލަފާކުރެއެވެ.

މިވެސް ކިޔާލަން:  "ބޫތު" ކުޅުނު އެޕާޓްމަންޓް އަދިވެސް ހުރީ ހުސްކޮށް: ރާމް ގޯޕާލް ވަރްމާ

އަދި މަޝްހޫރު ފިލްމު “ލަވް އެންޑް ވޯރ” ނެރުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީގައި ކަމަށްވާތީ، 8 ޖެނުއަރީގައި ފިލްމު އެޅުވުމުން، އެއްވެސް ވާދަވެރިކަމެއް ނެތި ސިނަމާތަކުގައި ފުރިހަމަ ދެ ހަފުތާ ހޭދަކުރުމުގެ ފުރުސަތު “ގޯލްމާލް 5” އަށް ލިބިގެންދާނެއެވެ.

އަޖޭ ދޭވްގަން، އަރްޝަދު ވަރްސީ، ތުޝާރު ކަޕޫރު، ޝަރުމަން ޖޯޝީ، ޝްރެޔާސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި އަކްޝޭ ކުމާރުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top