ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިސްބުރު ފުރަތަމަ މޮޅު ހޯދައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ބިސްބުރު، ދިވެހި ޕްރިމިއާރ ލީގު 2026/2027 ގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. ކުޅުނު ފުރަތަމަ މެޗުގައި އީގަލްސްއާ ވާދަކޮށް 3-1 އިން ބަލިވެފައިވާ ބިސްބުރު އެ ޓީމުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ބައްދަލުކުރީ ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ދިއްދޫއާ އެވެ.

މި މެޗަށް ނުކުތްއިރު ދިއްދޫން ވަނީ ދިވެހި ޕްރިމިއާރ ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗު ބުރާއި ވާދަކޮށް 1-0 އިން މޮޅުވިއިރު ދެވަނަ މެޗުގައި ވިކްޓަރީއާ ވާދަކޮށް ވީ ބައްޔެވެ. އެ މެޗުގައި ވެސް ދިއްދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، ވިކްޓަރީން ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި ފަހު ހާފުގައި ތިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ މެޗުން ދިއްދޫ ބަލިވީ މެޗުގެ ފަހުކޮޅު އެ ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ.

ދިވެހި ޕްރިމިއާރ ލީގު ކޮލިފައިންގައި މި ދެ ޓީމު ބައްދަލުކުރި މެޗު 6-2 އިން ކާމިޔާބުކުރީ ދިއްދޫ އެވެ.

ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މި ހާފުގެ އިތުރު ވަގުތުގައި ދިއްދޫގެ ކުޅުންތެރިއަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާފަ އެވެ.

މިވެސް ކިޔާލަން:  މިޔަންމާ އެއްވަނައިގައި ކޮލިފައިން ނިންމާލައިފި

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބިސްބުރުން ޖެހީ މެޗުގެ 67 ވަނަ މިނިޓްގައި ބަރްނަބާސް ފުރައިޑޭ އަކަންމިޑު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ދިއްދޫ ހާފުގެ މެދަކާއި ހިސާބުން، މެދުރޮނގަށްވުރެ ޑީ އޭރިޔާއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ވޯލްގައި ތިބި ކުޅުންތެރިންގެ އަރިމަތިން ގޮސް ގޯލުގެ ދަނޑި ކައިރިން ކީޕަރާއި ދަނޑިއާ ދޭތެރޭން ނެވެ.

މި ލަނޑަށްފަހު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. ބިސްބުރުން އުފެއްދި ހަމަލާއެއް ގޯލުގެ މަތީ ދަނޑިއަށް ވެސް އަމާޒުވި އެވެ.

މި މެޗުގައި ބިސްބުރުގެ ކީޕަރު އަޙްމަދު ލިފްޒާން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ސޭވްތަކެއް ކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިސްބުރުގެ ބަރްނަބާސް ފުރައިޑޭ އަކަންމިޑު އެވެ.

މި މެޗަށްފަހު ދިވެހި ޕްރިމިއާރ ލީގުގެ ކުޅުން ވަނީ، ޤައުމީ ޓީމުގެ މެޗުތަކަކަށް މުބާރާތް މެދުކަނޑާލާފަ އެވެ. މި ބުރޭކްގައި ޤައުމީ ޓީމު، ޗައިނާ އާއި ކިރްގިސްތާނު އަދި ލެބަނަންއާއެކު އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުތައް ކުޅުމަށްޓަކައި ޤައުމީ ޓީމު މިހާރު ވަނީ ފުރާފަ އެވެ.

މި ބުރޭކަށްފަހު އަންނަ މަހުގެ ނުވަވަނަ ދުވަހު ދިވެހި ޕްރިމިއާރ ލީގު އަލުން ފަށާނެ އެވެ. އެދުވަހުގެ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް އާއި ބިސްބުރު ސްޕޯރޓްސް އެވެ.

މިވެސް ކިޔާލަން:  އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ، ކަރަބާއޯ ކަޕްގެ ކުއާޓާ ފައިނަލަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top