ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދްރިޝްޔަމް 3” ގެ ޝޫޓިން ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް އަކްޝޭ އެ ޕްރޮޖެކްޓް ދޫކޮށްލި

ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް “ދްރިޝްޔަމް”ގެ ތިންވަނަ ބައިގެ ޝޫޓިން ފެށެން އެންމެ ހަތް ދުވަހަށް ވެފައި ވަނިކޮށް، އެކްޓަރު އަކްޝޭ ކަންނާ އެ ފިލްމު ދޫކޮށްލުމުން ދިމާވި ބޮޑެތި ގޮންޖެހުންތަކާއި، ފިލްމުގެ ޝޫޓިން ފަސްނުކޮށް ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލު ޑައިރެކްޓަރު އަބީޝެކް ޕާތަކް ހާމަކޮށްފިއެވެ.

ހިންދޫސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނެފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްމަސް ބަންދަށްފަހު ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެ، ސެޓުތައްވެސް އަޅާފައި ވަނިކޮށް އަކްޝޭ ފިލްމު ދޫކޮށްލީ ފައިސާގެ މައްސަލަތަކަކާއި ކްރިއޭޓިވް ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. އެ ވަގުތު ޓީމަށް ބޮޑު ހައިރާންކަމަކާއި ހިތްހަމަނުޖެހުމެއް ލިބުނު ނަމަވެސް، ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމި ކަމަށް އޭނާ ބުންޏެވެ.

އަބީޝެކް ފާހަގަކުރި ގޮތުގައި، ޝޫޓިން ކެންސަލް ނުކުރަން ނިންމި މައިގަނޑު ސަބަބަކީ އެ ފިލްމުގެ ސަބަބުން އާމްދަނީ ލިބޭ 200 އަށް ވުރެ ގިނަ ކްރޫ މެންބަރުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުން ތިބުމެވެ. އަދި އަޖޭ ދޭވްގަން ފަދަ ބޮޑެތި ތަރިންގެ ޑޭޓްތައް އެއްފަހަރާ ހަމަޖައްސާފައިވުމުން، ފަސްކޮށްފިނަމަ އަލުން ތާރީޚު ހޯދަން ދަތިވާނެތީ ކަމަށްވެސް އޭނާ ބުންޏެވެ.

އަކްޝޭ ވަކިވުމާ ގުޅިގެން، އެންމެ 2-3 ދުވަހުގެ ތެރޭގައި އެ ރޯލަށް ކުޅަދާނަ އެކްޓަރު ޖައިދީޕް އަހްލާވަތު ވަނީ ހަމަޖައްސާފައެވެ. އަދި އަކްޝޭ ކުޅެން އޮތް ކެރެކްޓަރުގެ ބަދަލުގައި، ޖައިދީޕަށް ޚާއްސަކޮށްގެން ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް، އާ ކެރެކްޓަރެއްގެ ގޮތުގައި ސްކްރިޕްޓް އަލުން ލިޔުނު ކަމަށް ޑައިރެކްޓަރު ބުންޏެވެ. މިހުރިހާ ކަމެއް އެންމެ 5-6 ދުވަހުގެ ތެރޭގައި ނިންމައި، ތާވަލާ އެއްގޮތަށް ގޯއާ އަދި މުމްބާއީގައި ޝޫޓިން ކުރިއަށް ގެންދެވުނު ކަމަށް އަބީޝެކް ބުންޏެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުވެގެން އައިސް ޖައިދީޕް ދެއްކި މޮޅު ހުނަރަށް ޑައިރެކްޓަރު ވަނީ ތައުރީފުކޮށްފައެވެ.

މިވެސް ކިޔާލަން:  ނުބައިބައި ކުޅެން ފެށުމުން އަހަރެން ގެއިން ނެރުނު - ރަންޖީތު

“ދްރިޝްޔަމް: ދަ ކޮންކްލޫޝަން”ގެ ނަމުގައި ނެރޭ މި ފްރެންޗައިޒްގެ ފަހު ފިލްމުގައި އަޖޭ ދޭވްގަންގެ އިތުރުން ތައްބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރު، އިޝިތާ ދައްތާ އަދި ކަމްލޭޝް ސާވަންތު ފެނިގެންދާނެއެވެ. މީގެ އިތުރުން ޖައިދީޕް އަހްލާވަތު، ޕްރަކާޝް ރާޖް އަދި ސޯރަބް ޝުކްލާ އަލަށް މި ކާސްޓާ ގުޅިފައިވާއިރު، މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top