ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޖުނޫން” ގެ ޓްރެއިލާ ބަލާފައި ސުނީގެ ތައުރީފު: “އަދިވެސް ހީބިހި ނުފިލާ!”

ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު، އެންމެ މަޤުބޫލު އެއް ޑައިރެކްޓަރު، ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު  “މަޖުނޫން“ގެ ޓްރެއިލާ ބެލުމަށްފަހު، މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީ ފަންނާނު ސުނީތާ އަލީ (ސުނީ) އެ ފިލްމަށް އިންތިހާއަށް ތައުރީފުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ސުނީ ބުނެފައިވަނީ “މަޖުނޫން“ގެ ޓްރެއިލާ ބަލައިލެވިއްޖެ ކަމަށާއި، ފަހުގެ ތާރީޚެއްގައި މިފަދަ ފުރިހަމަ އަދި އަސަރުގަދަ ޓްރެއިލާއެއް ފެނިފައިނުވާ ކަމަށެވެ. އަދި ޓްރެއިލާ ބަލައި ނިމުނު އިރު ލިބުނު ސިހުމާއި އަސަރުގެ ސަބަބުން ”އަދިވެސް ގައިން ހީބިހި ނުފިލާ“ ކަމަށް އޭނާ ހާމަކުރިއެވެ.

ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާއަށް ސާބަސް ރައްދުކުރަމުން ސުނީ އިތުރަށް ބުނެފައިވަނީ، މިރޭ ޓްރެއިލާ ބަލާލާ އެހެން ބެލުންތެރިންނަށް ވެސް މިފަދަ ވަރުގަދަ އިހުސާސެއް ކުރެވިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ނަހުލާގެ ވާހަކައަކަށް މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމަކީ ގިނަ އަދަދެއްގެ ތަރިންތަކެއް ފެނިގެންދާނެ، ބެލުންތެރިން ކެތްމަދުވެފައިވާ އުފެއްދުމެކެވެ. ސުނީގެ މި ތައުރީފާއެކު، މިރޭ އާންމުކުރުމަށް ހަމަޖެހިފައިވާ މި ޓްރެއިލާއަށް އޮތް އިންތިޒާރު ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

ފިލްމު “މަޖުނޫން“ގެ ޓިކެޓް ބުކިން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ އެވެ.

ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ބުކް ކުރުމާއި ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ފިލްމުގެ ހާއްސަ ހޮޓްލައިން މެދުވެރިކޮށެވެ. އެގޮތުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

މިވެސް ކިޔާލަން:  "މަޖުނޫން" ސަޅިވާނެ! - ސުނީ

ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ ފިލްމު “މަޖުނޫން“ ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top