– “ސިނެލައުންޖް“ގައި ފިލްމު ބަލައިލަން 7201199 ނަންބަރަށް ގުޅައިގެން ބުކިން ހެދޭނެއެވެ.
ދިވެހި ފިލްމީ އުފެއްދުންތަކަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ފަހުން އުފެއްދި ދެ ފިލްމު ކަމަށްވާ “ޖަންނަތު” އަދި “މަގޭ ބިޓުގެ ވެޑިން” އަންނަ މަހު ސިނެ ލައުންޖް ސިނަމާގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
މި ދެ ފިލްމު ސިނެ ލައުންޖުގައި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 01 އިން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި ދެ ފިލްމު ސިނަމާއިން ބަލާލުމުގެ ފުރުސަތު ކުރިން ނުލިބުނު ފަރާތްތަކަށާއި، އަލުން ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
މީގެ ތެރެއިން “ޖަންނަތު” އަކީ އޯޓިޒަމް ހުންނަ ބައްޕައަކު، އޭނާގެ ލޯބިވާ ދަރިފުޅުގެ ބެލެނިވެރިކަން ހޯދުމަށްޓަކައި ކުރާ ހިތްވަރުގަދަ އަދި އަސަރުގަދަ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އާއިލީ ގުޅުމާއި ކުލުނު ފެނިގެންދާ މި ފިލްމަކީ ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލި ކާމިޔާބު އުފެއްދުމެކެވެ.
ދެވަނަ ފިލްމު ކަމަށްވާ “މަގޭ ބިޓުގެ ވެޑިން” އަކީ ތަފާތު މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުުފައްދާފައިވާ ލޯބީގެ މަޖާ (ރޮމޭންޓިކް ކޮމެޑީ) ފިލްމެކެވެ. ޒުވާނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ ބެލުންތެރިން ހެއްވާލާނެ ގިނަ މަންޒަރުތަކަކާއި، ޝައުގުވެރި ވާހަކައެއް އެކުލެވޭ ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން އަބަދުވެސް އަންނަނީ ދިވެހި ސިނަމާއަށް ތަފާތު އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ގެނެސްދެމުންނެވެ. އެހެންކަމުން، މި ދެ ފިލްމު ސިނެ ލައުންޖުގައި ދައްކަން ފެށުމާއެކު ގިނަ އަދަދެއްގެ ބެލުންތެރިން ޓިކެޓް ގަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
