ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެފޭ ނޮކްސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ނަސޫހު ފޮނަދުއަށް!

ލ. ފޮނަދޫގައި ހިންގަމުން އަންނަ މަޤުބޫލު ކެފޭއެއް ކަމަށްވާ “ކެފޭ ނޮކްސް” ގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ރާއްޖޭގެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ މުޙައްމަދު ނަސޫހު އެ ރަށަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށް ކެފޭ ނޮކްސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ޚާއްސަ މުނާސަބަތާ ގުޅުވައިގެން ނަސޫހު އެ ރަށަށް އަންނާނެކަން އިއުލާނުކޮށްފައެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ކުރު ގޮތަކަށް “ސީ ޔޫ”  ޖަހާފައިވާއިރު، މި ޕޯސްޓާއެކު ފޮނަދޫގެ ގިނަ ޒުވާނުންނާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ޝައުޤުވެރިކަމެއް އުފެދިފައެވެ.

ކެފޭ ނޮކްސްގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މި ޚާއްސަ ހަރަކާތުގައި، ނަސޫހުގެ ހިތްގައިމު އަދި މަޤުބޫލު ލަވަތަކެއް ކަސްޓަމަރުންނާއި ސަޕޯޓަރުންނަށް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓަކީ ކެފޭގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، އެ ތަނުގެ ކަސްޓަމަރުންނަށް އުފާވެރި މާހައުލެއްގައި މުނިފޫހިފިލުވުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ ހަރަކާތެކެވެ.

ފޮނަދޫގައި ހިތްގައިމު މާހައުލަކާއެކު ޚިދުމަތް ދެމުން އަންނަ ކެފޭ ނޮކްސްއަކީ އެ ރަށުގެ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ. އަދި މި ހަފުލާ ވެގެންދާނީ ފޮނަދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ނަސޫހުގެ ފޭނުންނަށް ވަރަށް ޚާއްސަ އަދި އުފާވެރި ހަފުލާއަކަށެވެ.

މިވެސް ކިޔާލަން:  ނަސޫހުގެ "ދީ ލޯބިން ހިތް ޔާރާ" ރިލީޒްކުރަނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top