ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިސްބުރު ފަހަތުން އަރައި ބުރު ބަލިކޮށްފި

ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގެ 12 ވަނަ މެޗު ކާމިޔާބުކޮށް، ދިވެހި ޕްރިމިއާރ ލީގު 2026/2027 ގައި ބިސްބުރު ސްޕޯރޓްސް ކުލަބް އެ ޓީމުގެ ދެވަނަ މޮޅު ހޯދައިފި އެވެ. އިންޓަރނޭޝަނަލް ބުރޭކަށް މެދުކަނޑާލުމަށްފަހު، މިއަދު ހަވީރު ލީގުގެ ކުޅުން ފަށާފައިވާއިރު، މިއަދު ހަވީރު ބައްދަލުކުރީ ބިސްބުރު ސްޕޯރޓްސް ކުލަބާއި ބުރު ސްޕޯރޓްސް ކުލަބެވެ. މިއީ ލީގުގައި ދެ ޓީމު ވެސް ކުޅުނު ތިންވަނަ މެޗެވެ.

ލީގުގައި އަލަށް ވާދަކުރާ ބިސްބުރު ކުޅުނު ފުރަތަމަ މެޗުގައި އީގަލްސްއާ ވާދަކޮށް 3-1 އިން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ދިއްދޫއާ ވާދަކޮށް 1-0 އިން މޮޅުވި އެވެ.

ލީގުގައި ބުރު ކުޅުނު ފުރަތަމަ މެޗު ދިއްދޫއާ ވާދަކޮށް 1-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި އޮޑިއާ ވާދަކޮށް 4-1 އިން ވަނީ ބަލިވެފަ އެވެ.

މިއަދު ހަވީރު ކުޅެވުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބުރެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބުރު ސްޕޯރޓްސް އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ބުރަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޔާމީން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ހަލީލް ގަމާލް ބިސްބުރުގެ އޭރިޔާ ކައިރިން ޔާމީނަށް ޖައްސާލި ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ބިސްބުރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި ކުރެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މިވެސް ކިޔާލަން:  ސާޖީނިއޯ ޑެސްޓް ނެދަލޭންޑްސްގެ ފުޓްބޯޅަ ޓީމަށް ނޫނެކޭ ބުނެފި

މި މެޗުގައި ބިސްބުރުން ނަތީޖާ ހަމަހަމަކުރީ 78 ވަނަ މިނިޓްގަ އެވެ. ބިސްބުރަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، އޭރިޔާތެރޭ ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައި ބިސްބުރަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީއު އޮވޮލަބި ފަޓައި އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބިސްބުރުން ވަނީ މެޗުގެ އިތުރު ވަގުތުގައި އާދަޔާ ޚިލާފު ހިތްވަރެއް ލައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މޮޅުވުމަށްޓަކައި ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ބިސްބުރުން ޖެހި ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު އެވެ. 97 ވަނަ މިނިޓްގައި ބިސްބުރަށް މި ލަނޑު ޖަހައިދިނީ މަޖުދާން ސޯލިހް އެވެ.

2-1 އިން ބިސްބުރު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށް މޮޅު ކުޅުމެއް ދެއްކި ބިސްބުރުގެ ގޯލް ކީޕަރ ޕީޓަރ ސަރްކޮޑިއި އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ބިސްބުރު ވަނީ ލީގުގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ.

ލީގުގައި މިރޭ މާލޭގައި ކުޅެމުންދާ މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯރޓްސް އާއި ގައްދޫ ސްޕޯރޓްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top